ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް އުރީދޫ ފަން ރަން އަށްފަހު ދެއްވި ބަސްދީގަތުމުގެ ތެރެއިން-- ފޮޓޯ/ވޮއިސް
ހަބަރު
23 Dec 2023 | 00:41
އުރީދޫން ފަން ރަން: މިފަދަ އިޖުތިމާޢީ ހަރަކާތާކީ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވާދޭ ކަމެއް: ނާއިބު ރައީސް

އުރީދޫ ފަން ރަން ފަދަ އިޖުތިމާޢީ ހަރަކާތް ތަކަކީ، އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް ހިތްހަމަޖެހުން ގެނުވާދޭ ހަރަކާތްތަކެއް ކަމަށް ރައީސުލްޖުމުހޫރިއްޔާގެ ނާއިބު، ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވުނު އުރީދޫ ފަން ރަންގައި ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވި، ނާއިބު ރައީސް، ފަން ރަން އަށްފަހު ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އެމަނިކުފާނުވަނީ، އެ ދުވުމަށް ދައުވަތު އެރުވި ކަމަށްޓަކައި އުރީދޫއަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. 

"ހަގީގަތުގައި މިފަދަ ހަރަކާތްތަކަކީ، ނޫނީ އިޖުތިމާޢީ ގޮތުން ކުރެވޭ މަސައްކަތްތަކަކީ، ރައްޔިތުންނާ ވަރަށް ގާތް، ވަރަށް ހިތްހަމަޖެހުން ލިއްބައިދޭ ކަމެއް. އެކަން މިއަދު ފެނިގެން ދިޔައީ. އެތައް ބައިވަރު ތުއްތު ކުދިންނާއި، ލޯބި ލޯބި ކުދިންނާއި، އަޅުގަނޑުމެންގެ އެކުވެރި ފެމިލީ ތައް, މިތަނަށް އެއްތަންވެ، ވަރަށް މަޖާކޮށް މީގެ ތެރޭގައި އުޅެވޭތަން މި ފެންނަނީ. އަޅުގަނޑުމެންގެ ތެރެއިން ގޭތެރޭގައި، މަސައްކަތުގެ މައިދާނުގައި ތިބި މީހުން، އެއްތަން ވެލަން ރައްޔިތުން ބޭނުންވެފައޭ ތިބީ."

ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް 

ނާއިބު ރައީސް ވިދާޅުވީ، އިޖުތިމާޢީ ގޮތުން ހިންގޭ އެފަދަ ހަރަކާތްތަކަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. 

އަދި އެ ދުވުމުގައި ބައިވެރިވެވަޑައިގެންނެވުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިވަޑައިގެންނެވިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

މީގެ ތެރޭގައި މިހުރީ، ކުޑަކުދިން މަޖާ ކުރުމާއި، ކުލަ ޖެހުމާއި، އެކި ކަހަލަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިފައި މިއޮތީ.. 6000 އަށްވުރެ ގިނަ ބޭފުޅުން، ތުއްތު ކުދިން އެކި އުމުރުފުރާގެ ބޭފުޅުން މީގައި ބައިވެރިވާ ކަމީ މިކަން ކަމަށް ލިބޭ ތަރުހީބޭ އަޅުގަނޑު ދަންނަވާނީ. 

ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް 

މިއާއެކު ނާއިބު ރައީސް ވިދާޅުވީ، އުރީދޫ ފަން ރަން އިތުރަށް ފުޅާވެގެން ދިޔުމަކީ އެމަނިކުފާނުގެ އުއްމީދެއް ކަމަށާށ އެކަމަށްޓަކައި ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.