ރަތް ކަނޑުގައި ދަތުރުކުރަމުން ދިޔަ ގެލެކްސީ ލީޑަރު ކާގޯ ބޯޓު ޙޫޘީން ވަށާލާފައި-- ފޮޓޯ: ފްރާންސް 24
ހަބަރު
23 Dec 2023 | 23:49
ރަތް ކަނޑުގައި ދޭ ހަމަލާތަކުގައި އީރާނުގެ އަތެއްވާކަމަށް އެމެރިކާއިން ތުހުމަތުކޮށްފި

ރަތް ކަނޑުގައި ޙޫޘީން ދެމުންގެންދާ ހަމަލަތަކުގައި އީރާނުގެ ބައިވެރިވުންވާކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ.

ރަތް ކަނޑުގައި ދަތުރުކުރަމުންދާ ވިޔަފާރި ބޯޓުތަކަށް ޙޫޘީން ހަމަލަދެމުންދާއިރު، އިސްރާއީލާ ގުޅިފައިވާ އެހެން ވިޔަފާރި އުޅަނދެއް ވެސް މި ހަމަލަތަކުގެ އަމާޒަކަށްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޙޫޘީންނަށް އީރާނުން ތާއީދުކުރުމުގެ ގޮތުން ހަތިޔާރާއި ޓެކްޓިކަލް އިންޓެލިޖެންސްގެ އެހީދޭކަމަށް އެމެރިކާގެ ވައިޓް ހައުސްއިން ހުކުރު ދުވަހު ބުނެފައިވަނީ ހަމަލާތަކުގައި އީރާނުގެ ބައިވެރިވުން ދައްކާ ކަމަށް ބުނެ ކްލެސިފައިޑް އިންޓެލިޖެންސް ހުށަހަޅައިގެންނެވެ.

އެހެންނަމަވެސް އީރާނުން ވަނީ މި ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.

"އަޅުގަނޑުމެންނަށް އެނގޭ، ރަތް ކަނޑުގައި ވިޔަފާރި އުޅަނދުތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ރޭވުމުގައި އީރާނުން ވަރަށް ބޮޑަށް ބައިވެރިވިކަން"

ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު އެޑްރިއެން ވޮޓްސަން ވިދާޅުވިއެވެ.

ވައިޓް ހައުސް އިން ބުނީ ވިޝުއަލް އެނަލިސިސް އިން ދައްކާ ގޮތުގައި އީރާނުގެ ކޭއޭއެސް-04 ޑްރޯންތަކާއި ޙޫޘީން ބޭނުންކުރާ އުޅަނދުތަކުގެ އިތުރުން ޙޫޘީންގެ މިސައިލްތަކުގައި އީރާނުގެ މިސައިލްތަކާއި އެއްގޮތް ސިފަތަކެއް ހުރި ކަމަށެވެ.

އެހެންނަމަވެސް ޙޫޘީން ބުނީ މިއީ އެމީހުން އަމިއްލަ އަށް އަމިއްލަ އީޖާދެއް ކަމަށެވެ.

ޙޫޘީންގެ ޖަމާޢަތުން އަންނަނީ ޑްރޯންތަކާއި މިސައިލްތައް ބޭނުންކޮށްގެން އަނިޔާވެރި އިސްރާއީލަށް ހަމަލާތައް އަމާޒު ކުރަމުންނެވެ. މިގޮތުން މިދިޔަ މަހު ރަތް ކަނޑުގައި އިސްރާއީލާ ގުޅިފައިވާ ވެހިކަލް ޓްރާންސްޕޯޓް ބޯޓެއް ޙޫޘީން ވަނީ އަތުލައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.