އެންސީޓީސީ އާއި އިމިގްރޭޝަނާ އެކު ބޭއްވި ބައްދަލުވުން. ފޮޓޯ: އިމިގްރޭޝަން
ހަބަރު
24 Dec 2023 | 12:38
އެންސީޓީސީގެ ޑީޖީއަކަށް ވައިސް ވަޙީދު

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލަކަށް މޭޖަރ ޖެނެރަލް ރިޓަޔާޑް ވައިސް ވަޙީދު ހަމަޖައްސަވައިފިއެވެ.

34 އަހަރު ދުވަހު ސިފައިންގޭގައި ޚިދްމަތް ކުރެއްވުމަށްފަހު ވައިސް ސިފައިންގެ ޚިދްމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

ވައިސް ވަޙީދު އެންސީޓީސީގެ އެންމެ އިސްވެރިޔާގެ މަގާމަށް ހަމަޖެއްސެވި ވަކި ދުވަހެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. ވައިސް ވަހީދުގެ ކުރިން އެ މަގާމުގައި ހުންނެވީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް ޒަކަރިއްޔާ މަންސޫރު އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ފެށުމާއެކު މަންސޫރު ވަނީ އެ މަގާމުން ވަކިކުރައްވާފައެވެ.

މޭޖަރ ޖެނެރަލް ވައިސް ވަހީދުގެ އިތުރުން މޭޖަރ ޖެނެރަލް ޖެނެރަލް ޙާމިދު ޝަފީޤް ވެސް ވަނީ މި މަހުގެ 12 ވަނަ ދުވަހު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ވަކިވެވަޑައިގެންފައެވެ. ހާމިދަށް ދެއްވައިފައިވަނީ ރައީސް އޮފީހުގެ ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ޑެޕިއުޓީ އެޑްވައިޒަރުގެ މަގާމެވެ. އެ މަގާމަށް ޙަމީދު އައްޔަން ކުރެއްވީ ނާއިބު މިނިސްޓަރެއްގެ ފެންވަރުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
އާޖެންޓީނާ މެޗްގެ ޕްރެސްގައި މިސްރު ކޯޗުގެ މައިގަނޑު ވާހަކައަކީ ފަލަސްތީން
ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ.
07 Jul 2026
ފުޓްޕާތުން އުޅަނދު ޓޯވކުރަނީ
ހިނގާބިނގާވާ މީހުންގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން މަނާކަމަށްބުނެ ފުލުހުން ހުޅުމާލޭގައި ޓޯވކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ފުރޮޅުލީގޮނޑި ފިޔަވައި އެހެން އުޅަނދު ޕާކުކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ.
07 Jul 2026
އޭއައިއޭ ބޭނުންކޮށްގެން ޕާސްޕޯޓް ފޮޓޯ އެޑިޓްކޮށްފިނަމަ ފޮޓޯ ގަބޫލެއް ނުކުރެވޭނެ: އިމިގްރޭޝަން
އިމިގްރެޝަނުން އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އާޓިފިޝަލް އިންޓަލިޖަންސް ބޭނުންކޮށްގެން ޕާސްޕޯޓް ފޮޓޯ އެޑިޓްކޮށްފިނަމަ އެއީ އުސޫލާ ހިލާފް ކަމެއްކަމަށެވެ
07 Jul 2026
ފުލުހުން ހަ ލައްކަ ރުފިޔާ ހޯދައިފި
ޖޫން 28 އާއި ޖުލައި 4 އާ ދެމެދު ފުލުހުން ވައްކަމާއި ފޭރުމުގެ މައްސަލަތަކުން 611416 ރުފިޔާގެ ފައިސާ އާއި މުދާ ހޯދައި ޙައްޤުވެރިންނަށް ރައްދުކުރުމުގެ މަސައްކަތް ކުރަމުންދެއެވެ.
07 Jul 2026
ވަރލްޑްކަޕް ފައިނަލިސްޓުން ދިމާކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު!
ބައިލައްކަ ބޭނުން މި ކެމްޕެއިން ކުރިއަށްގެންދަނީ އެލައިޑްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ
07 Jul 2026
ދިރާގުގެ ދެވަނަ ސްޕީޑްބޯޓް ލަކީ ޑްރޯ ހުކުރު ދުވަހު
10 ޖުލައި 2026 ވާ ހުކުރު ދުވަހު ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގައި ދިރާގުގެ ދެވަނަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ހޮވުމުގެ ލަކީ ޑްރޯ ބާއްވަނީ. މިއީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް.
07 Jul 2026
ނުކުޅެދޭ މީހުންނަށް މަގާމުތަކެއް ކަނޑައަޅަން ސީއެސްސީއާއި ކުންފުނިތަކަށް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި އެކުލަވައިލާފައިވާ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު" އަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.
07 Jul 2026
ގަވާއިދާ ހިލާފަށް ކުނި ނެގުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، “ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް” ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ މޮނިރް (39އ) އާއި، “އޭޔޫ ފެހުން” ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ ހަބީބު އުލާހް (43އ) އެވެ.