މުހައްމަދު ނިމާލް--
ހަބަރު
24 Dec 2023 | 13:21
މާލެ އަތޮޅު ރައީސް ކަމުން ނިމާލް އިސްތިއުފާ ދެއްވައިފި

މާލެ އަތޮޅު ރައީސްގެ މަގާމުން މުހައްމަދު ނިމާލް އިސްތިއުފާ ދެއްވައިފިއެވެ.

ޕީއެންސީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާ ނިމާލް ގެ އިސްތިއުފާގެ ސިޓީގައި ބުނެފައި ވަނީ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން ރަށުން ބޭރުގައި ވަޒީފާ ބއަދާކުރުމަށް ހާލަތު ތަން ނުދޭތީ މިއަދު ގެ 15:00 ފެށިގެން އޭނާ މާލެ އަތޮޅުގެ ރައީސް ގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވާ ފޮނުއްވި ސިޓީގައި ރައްޔިތުންނަށް މެސެޖެއްވެސް ވަނީ ހިއްސާ ކުރައްވާފައެވެ.

"މާލެ އަތޮޅުގެ ރައްޔިތުންނަކީ ތަރައްޤީއަށް ބޭނުންވާ ގިނަ ގުނަ ކާމިޔާބީ ތައް އެކި އެކި ދާއިރާތަކުން ހާސިލް ކުރަން ބޭނުންވާ ވަރަށް ބަސްއަހާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ އަތޮޅެއްގެ ގޮތުގައި އަޅުގަނޑަށް ވަނީ ފާހަގަ ކުރެވިފައެވެ. "

ނިމާލް ގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުންވެސް ނިމާލް ވިދާޅުވީ " ދިވެހީންގެ ރާއްޖެ " ގެ ތަސައްވުރުގެ ތަރައްޤީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގެ ދަށުގައި މުޅި މާލެ އަތޮޅަށް އަންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމަކީ ލިބޭ އެންމެ ބޮޑު ހިތް ހަމަޖެހުން ކަމަށެވެ.

އެ މަގާމަށް އޭނާ ހޮއްވަވައިދެއްވީތީ ނިމާލް ވަނީ ރައްޔިތުންނަށް ވެސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުންވެސް އެ ކައުންސިލްގެ މެންބަރުންނަށާއި އިދާރާގެ މުވައްޒަފުންނަށް ވެސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ނިމާލްއަކީ ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.