މާލޭގެ މަގުމަތީގައި ހިނގާފައި ދިޔަ މަންމައަކާއި ކުޑަކުއްޖެއް. ފޮޓޯ: ވޮއިސް
ހަބަރު
24 Dec 2023 | 16:58
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 221 މައްސަލައެއް ހުށަހެޅިފައިވޭ

މިދިޔަ ނޮވެމްބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 221 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސް އިން ބުނެފިއެެވެ.

ސީއެފްޕީސީ އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ގުޅޭ 221 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.

އޭގެ ތެރޭގައި ޖިންސީ ގޯނާގެ 29 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 20 މައްސަލައެއް ވެސް ހިމެނެއެވެ. ނަފްސާނީ އަނިޔާގެ 15 މައްސަލައެއްގެ އިތުރުން އަޅައިނުލުމުގެ 22 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.

ހަމަ މިއާއެކު ބްލެކްމެއިލިންގެ 3 މައްސަލައަކާއި ސައިބަރ ބުލީންގެ މައްސަލައެއް ވެސް ވަނީ ހުށަހެޅިފައެވެ.

މިނޫން ވެސް ކުޑަކުދިންނާއި ގުޅޭ އިތުރު މައްސަލަތައް ވަނީ ހުށަހެޅިފައެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކުގެ ޝިކާރައަކަށް ވެފައިވަނީ އަންހެން ކުދިންނެވެ. އެއީ ޖުމުލަ 123 އަންހެން ކުއްޖެކެވެ.

ސީއެފްޕީސީ އަށް އެންމެ ގިނަ މައްސަލަތައް ހުށަހެޅިފައިވަނީ މާލެ ސިޓީ އިންނެވެ. މިދިޔަ މަހު އެއްވެސް މައްސަަލައެއް ހުށަހަޅާފައިނުވަނީ ވ. އަތޮޅާއި ދ. އަތޮޅާއި ފ. އަތޮޅުންނެވެ.

ސީއެފްޕީސީ އިން ބުނީ ނޮވެމްބަރު މަހާއި ހަމައަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 164 ކުއްޖަކު އެބަތިބި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.