ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Dec 2023 | 22:54
ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ދާއިރާތަކެއް ކަނޑައަޅާނަން: ރައީސް ޑރ. މުއިއްޒު

ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ދާއިރާތަކެއް ކަނޑައެޅުމަށް މިއަދު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އިން ބޭއްވި ކޮންސްޓްރަކްޝަން އެވޯޑު ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެ އަހަރާއި ފަސް އަހަރުގެ ތެރޭގައި ދިވެހިންނަށް ޚާއްސަ ދާއިރާތަކުގައި ވަރަށް ގިނަ ދާއިރާތައް މިއަދު ކަނޑައަޅުއްވާފައިވާކަމަށެވެ.

"މިއަދު ކެބިނެޓްގައި މަޝްވަރާކޮށް ނިންމި މުހިންމު ނިންމުންތަކުގެ ތެރެއިން އެއްކަމަކީ ދިވެހިންނަށް ޚާއްސަ ދާއިރާތަކެއް ކަނޑައެޅުން. ކުރިއަށް އޮތް އަހަރުތަކަށް ބަހާލެވިގެން އެގޮތަށް ގޮސް އެހެން ކަނޑައެޅޭ ދާއިރާތަކެއް ކަނޑައަޅަން. ދެ އަހަރުން ގޮސް ފަސް އަހަރާއި ހަމައަށް."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ދާއިރާތަކަކީ ކަމާބެހޭ ސްޓޭކް ހޯލްޑަރުންނާއި އެކީގައިވެސް މަސައްކަތް ކުރެވި އަދި ތަމްރީނުގެ ފުރުސަތުތައް ދީ އަދި މަސައްކަތް ލިބޭނެ ގޮތަށް ކަންކަން ބައްޓަން ކުރެވިގެންދާނެ ދާއިރާތަކެއް ކަމަށެވެ.

މިގޮތުން އެމަނިކުފާނު ވަނީ ކޮންސްޓްރަކްޝަން ސިނާއަތުގައި ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ކަމަށް ކަނޑައެޅި ތިން ދާއިރާ އިއުލާން ކުރައްވާފައެވެ. މި ތިން ދާއިރާ އަކީ ބިލްޑިން އިންޕެކްޓަރުންގެ ދާއިރާ އާއި ސައިޓް ސުޕަވައިޒަރުންގެ ދާއިރާ އާއި ސާވޭއަރުންގެ ދާއިރާއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ 20 އަހަރުގެ މާސްޓާރ ޕްލޭންގެ  ތެރޭގައި ވިސްނުމަކީ މުޅި އިންޑަސްޓްރީއަކީ ވެސް ހަމައެކަނި ދިވެހިން މަސައްކަތް ކުރާ އިންޑަސްޓްރީއަކަށް ބަދަލުވެގެން ދިއުން ކަމަށެވެ. އެހެންނަމަވެސް ފުރަތަމަ މި ތިން ދާއިރާއަކީ ދިވެހިން އެކަނި މަސައްކަތް ކުރާ ދާއިރާތަކަކަށް ހެދުމަކީ ކުރެވޭނެ ކަމެއް ކަމަށް ވިދާޅުވެ ކުރިއަށް އޮތްތާގައި ސިވިލް އިންޖިނިއަރުންނާއި އާކިޓެކްޓުންނާއި ދެން ތިބި ބަޔަކުވެސް ދިވެހިންނަށް ޚާއްސަ، ދިވެހިން އެކަނި މަސައްކަތް ކުރާ ދާއިރާތަަކަށް ވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ކަންކަމުގެ ބޭނުމަކީ ދިވެހިވަންތަކަން ހުރިހާ ކަމެއްގެ ތެރެއަށް ގެނައުމުގެ އިތުރުން ދިވެހިންގެ އަތް މައްޗަށް ހުރިހާ ކަމެއް ގެނައުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ އެމަނިކުފާނު ތަންފީޒު ކުރާނެ އެންމެ މުހިންމު އެއް ސިޔާސަތު "ވަޒީފާ އެންމެންނަށް" މި ސިޔާސަތުގެ ދަށުން ކުރިއަށްދާ ކަމެއް ކަމަށާއި އެ ސިޔާސަތުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު ސިނާއަތް ކަމުގައިވާ ކޮންސްޓްރަކްޝަން ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަކީ ދިވެހިންނަށް ޚާއްސަ ފީލްޑްތަކެއް ދެވިގެން މަސައްކަތް ކުރާ މީހުންނަށް ވެއްޖެނަމަ ވަޒީފާގެ ފުރުސަތު އިތުރުވެގެންދާ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.