ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ:ރައީސް އޮފީސް
ހަބަރު
25 Dec 2023 | 11:33
ބޭނުމީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި އަންހެނުންގެ އިންސައްތަ މަތި ކުރަން: ރައީސް

ބޭނުންވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަންހެނުން ވަރަށްމަތީ އިންސައްތައެއްގައި މަސައްކަތް ކުރައްވާ އިންޑަސްޓްރީއަކަށް ބަދަލުކުރައްވަން ކަމަށް ރާއްޖޭގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރޭ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެވޯޑް ދެއްވުމުގެ ޙަފްލާގައި އެމަނިުކުފަނު ދެއްކެވި ވާހަކަފުޅުގައެެވެ.

ރައީސް ވިދާޅުވީއެމަނިކުފާނު ބޭނުންފުޅުވަނީ މި އިންޑަސްޓްރީ މިއަށްވުރެ މާ މަތީ ހަރުފަތަކަށް ގެންދަން ކަމަށާއި ވަރަށް އިންކްލޫސިވް އިންޑަސްޓްރީއަކަށްވާން ކަމަށެވެ.

“އަންހެން ބޭފުޅުން ވަރަށްމަތީ އިންސައްތައެއްގައި މަސައްކަތް ކުރައްވާ އިންޑަސްޓްރީއަކަށް، ޞިނާޢަތަކަށް، ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ބަދަލުކުރަން އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ” 

ރައީސް ޑރ މުޙައްމަދު މުއިއްޒު

ރާއްޖޭގައި ކިޔަވައިގެން ތިބި މީހުންނަށް ބަލާއިރުގައި ގިނައީ ފިރިހެން ބޭފުޅުންނަށްވުރެ އަންހެން ބޭފުޅުން ކަމަށާއި، އެކިއެކި ފަންނުތަކުގަޔާއި މަސައްކަތްތެރިންގެ ތެރޭގައިވެސް ކަން އޮތީ ހަމައެގޮތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑުމެން ކީއްވެތޯ، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި އެކިއެކި ފަންނުތަކުގައި، އެކިއެކި ގިންތިތަކުގައި މަސައްކަތް ކުރުމުގައި އެކަމުގެ މަގުފަހިކަން އަންހެން ބޭފުޅުންނަށް ހޯދައިނުދޭންވީ. ހޯދައިދޭން އެބަޖެހޭ.”

ރައީސް ޑރ މުޙައްމަދު މުޢިއްޒު

އެހެންވީމާ، ސިޔާސަތަކަށްވާނީ މަސީއާ ގުޅިގެން އަދިވެސް މި ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން، ކުރިއަށް އޮތް އަހަރުތަކަކީ، ދިވެހި ކަނބަލުންނަށް މި ދާއިރާގައި މިހާރަށްވުރެ އެތައް ގުނައެއް ބޮޑަށް، ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށްޓަކައި ސިޔާސަތުތައް ބައްޓަންކޮށް، އެކަމަށް މަސައްކަތްކުރުން ކަމަށް ރައީސް މުޢިއްޒު ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންހެނުންގެ އެހީތެރިކަމާ އެކުގަައި އެކަން ހާސިލުކުރެވޭނެ ކަމަށެވެ.

“އަޅުގަނޑު އެދެނީ އެކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށް. އަދި އެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އަދި ހަމަ އެއާއެކީގައި، ނުކުޅެދުންތެރިކަން ހުންނަ އެކިއެކި ފަރާތްތައް އެބަތިބި. އެ ބޭފުޅުންގެ ތެރޭގައިވެސް މި އިންޑަސްޓްރީގައި މަސައްކަތް ކުރަން ބޭނުންވާ އެތައް ބަޔަކު ތިބޭނެ. އަޅުގަނޑުމެން އެބަޖެހޭ ރީޗްއައުޓްވާން. އެފަރާތްތަކާ ހަމަޔަށް ވާސިލްވާން. އެސްޕިރޭޝަންސް ހުރި ޒުވާން ކުދިން، އެކިކަހަލަ ޑިސްއެބިލިޓީޒް ހުރި ކުދިން އެބަތިބި. މި ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ކުދިން އެބަތިބި” 

ރައީސް ޑރ މުޙައްމަދު މުޢިއްޒު

“އިންކްލޫސިވް” އިންޑަސްޓްރީއަކަށް ހެދުމުގައި އަންހެން ބޭފުޅުންނާއި، އެކިއެކި ޑިސްއެބިލިޓީޒްތައް ހުންނަ ފަރާތްތަކަށް ދެވެންހުރި އެންމެ ފަހި ފުރުޞަތުތައް ދޭނެ ބަޔަކަށް ވާން އެބަޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެކަމުގައި ސަރުކާރާ އެކީގައި ވަރަށް އިސް ދައުރެއް "މަސީ"އިން އަދާކުރުމަކީ، އަދި މުޅި އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކުން އަދާކުރުމަކީ، އެމަނިކުފާނުގެ އެދިލެއްވުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.