ޒުވާން ޙާފިޡުންނާއި އެކު މިނިސްޓަ ޑރ ޝަހީމް ބޭއްވެވި ބައްދަލުވުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
25 Dec 2023 | 11:38
މިފަހަރު ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ތަރާވީޙް ކުރާނީ ޒުވާން އިމާމުން: މިނިސްޓަރ ޝަހީމް

މިފަހަރު ރަމަޟާން މަހު މިސްކިތްތަކުގައި އިމާމުވެ ތަރާވީޙް ކުރާނީ ޒުވާން އިމާމުން ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްެޖެއެވެ.

ވަޒީރު ޝަހީމް މިހެން ވިދާޅުވީ ރާއްޖެގެ ޒުވާން ޙާފިޡުންނާއި އެކު ބޭއްވެވި ބައްދަލުވުމަށްފަހުގައެވެ.

ވަޒީރު ވިދާޅުވެފައިވަނީ ކީރިތި ޤުރުއާން ހިތު ދަސް ޒުވާން ދިވެހި ހާފިޒުންނާ ބައްދަލުވެވުމަކީ ނުހަނު އުފާވިކަމެއް ކަމަށެވެ. އަދި މި ފަހަރު އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތާއި ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ތަރާވީސް ކުރާނީ ދިވެހި ޒުވާން ހާފިޡުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހާފިޡުންނާއި އެކު ބޭއްވުނު ބައްދަލު ވުމުގެ މަޢުލޫމާތު ހިއްސާ ކުރައްވަމުން ޑރ ޝަހީމް ވިދާޅުވީ މި ބައްދަލުވުމުގައި ރޯދަމަހުގެ ކުރިން އިތުރު ގިނަ ހާފިޡުންނާއިއެކު އިތުރު ބައްދަލުވުމެއް ބޭއްވުމަށްް އެއްބަސް ވެވުނު ކަމަށެވެ.

މީގެ އިތުރުން ތަރާވީޙް ކުރުމަށް ތަމްރީނު ޕްރޮގްރާމެއް ހިންގުމަށާއި ހާފިޒުންގެ އެސޯސިއޭޝަނެއް އުފެއްދުމަށް އެއްބަސް ވެވުނު ކަަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ރޯދަ މަހުގެ ކުރިން ޤުރުއާން މުރާޖިއާ ކުލާހެއް ފެށުމަށް އެއްބަސް ވެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމަމިއާއި އެކު ބައްދަލުވުމުގައި ބައިވެރިވި ކޮންމެ ޙާފިޡަކަށް ފިޤުހުއްސުނާގެ ނަމާދާ ބެހޭ ބައިގެ 3 ފޮތް ވަނީ ކޮންމެ ކުއްޖަކަށް ހަދިޔާކޮށްފައި ކަމަށްވެސް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.