ރާއްޖެގައި މަސައްކަތް ކުރާ ބިދޭސީންތަކެއް މުޒާހަރާ ކުރަނީ-- ފޮޓޯ: ވޮއިސް
ހަބަރު
25 Dec 2023 | 13:05
ބިދޭސީން މެޑިކަލް ހަދަން ޖެހޭ ގޮތަށް އުސޫލުތައް ވަރުގަދަ ކޮށްފި

ރާއްޖެއަށް ދިގު މުއްދަތަކަށް އެތެރެވާ ބިދޭސީން، މެޑިކަލް ޗެކަޕް ހަދަން ޖެހޭގޮތަށް ސަރުކާރުން އުސޫލުތައް ވަރުގަދަ ކޮށްފިއެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި ނިންމެވި މުހިއްމު ނިންމެވުންތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުالله ނާޡިމް އިބްރާހީމް ވިދާޅުވީ، މީގެ ފަހުން ހެލްތު މިނިސްޓްރީން ކަނޑައަޅާ ތަނަކުން ރާއްޖެއަށް ދިގު މުއްދަތަކަށް އެތެރެވާ ބިދޭސީން މެޑިކަލް ޗެކަޕް ހަދަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުންވެސް އޭނާ ވިދާޅުވީ ޑިޕެންޓެންޓް ވިސާގައިއާއި ވޯކް ވިސާގައިއާއި ރެޒިޓެންޑް ވިސާގައިއާއި ސްޓޫޑެންޓް ވިސާގައި އާއި ކޯޕަރޭޓް ވިސާގެ އިތުރުން މެރިޖް ވިސާގައި އަންނަ ހުރިހާ ބިދޭސީންވެސް ރާއްޖެ އަންނަ އިރު އޮން އެރައިވަލް އަދި އަހަރަކު އެއް ފަހަރު މެޑިކަލް ޗެކަޕް ހެދުން ލާޒިމް ކުރުމަށް އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި ނިންމަވާފައިވާކަމަށެވެ.

ސަރުކާރުން މި އުސޫލުތައް ވަރުގަދަކޮށްފައި މިވަނީ ރާއްޖޭގައި ފައިލޭރިޔާ ފެތުރެމުންދާ ދުވަސްވަރެއްގައެވެ. މިހާތަނަށް މި ބައްޔަށް ފައްސި ވެފައި ވަނީ ރާއްޖެއަށް މަސައްކަތްކުރުމަށް އައިސްފައިވާ ބިދޭސީންނެވެ. މިގޮތުން މާލެ، ހުޅުމާލެ އަދި ގުޅިފަޅު ހިމެނޭހެން 7 ބިދޭސީއަކު ވަނީ މި ބައްޔަށް ފައްސި ވެފައެވެ. އަދި މިހާތަނަށް ކުޅުދުއްފުށިން ފައިލޭރިއާ އަށް 25 ބިދޭސީ އަކު ވަނީ ފައްސި ވެފައެވެ.

މި ފަރާތްތަކަށް ދޭން ޖެހޭ އިތުރު ފަރުވާތައް ދެމުން އަންނަ ކަމަށާއި ބަލި ހުރިތޯ އިތުރު ފަރާތްތައް ޓެސްޓް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ. އަދި މިއީ މަދިރިން ފެތުރޭ ބައްޔަކަށް ވާތީ މަދިރި ނައްތާލުމަށް ތަފާތު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.