މަންޑޭގެ އެޕާޓްމެންޓްއިން ފެނުނު އަގު ބޮޑު މުދާތައް-- ފޮޓޯ: އެޑިޝަން އެމްވީ
ހަބަރު
25 Dec 2023 | 14:42
މަންޑޭގެ މުދާތައް ހިފެހެއްޓި މައްސަލަ ބަލައިގަތުމަށް ހައި ކޯޓުން ނިންމައިފި

ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމަންޓުތައް މަކަރާއި ހީލަތުން ވިއްކިކަމުގެ ތުހުމަތު ކޮށްފައިވާ ހަސަން މަމްދޫހު (މަންޑޭ) ގެ އަގުބޮޑު މުދާތައް ހިފެހެއްޓި މައްސަލަ އިސްތިއުނާފު ކުރުމަށް އޭނާ ހުށަހެޅުމުން އެ މައްސަލަ ބޭރުކޮށްލަން ރަޖިސްޓްރާ ނިންމި ނިންމުން ބާތިލްކޮށް، ހައިކޯޓުން އެ މައްސަލަ ބަލައިގަތުމަށް ނިންމައިފިއެވެ.

މީގެ ކުރިން ހައި ކޯޓުގެ ރަޖިސްޓްރާ ވަނީ އެމައްސަލަ ބަލައިގަނެވެން ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފައެވެ.

މި މައްސަލަ އަލުން ބަލައިގަތުމަށް ނިންމާފައިވަނީ މައްސަލަ ބެލި ތިންފަނޑީޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ ރައުޔުންނެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް ގެ އިތުރުން ފަނޑިޔާރު މުޙައްމަދު ޝަނީޒް އެވެ.

މީގެތެރެއިން ފަނޑިޔާރު ހަސަން ޝަފީއު ގެ ރައުޔުގައި ވަނީ ރަޖިސްޓްރާގެ ނިންމުން ބަދަލު ގެންނަން ޖެހޭ ފަދަ ސަބަބެއް ނެތީތީ ރަޖިސްޓްރާގެ ނިންމުން ބަދަލު ކުރުމަށް ނުފެންނަކަމަށެވެ. އެހެންނަމަވެސް މި އާއި ޚިލާފަށް ފަނޑިޔާރު މުހައްމަދު ސަލީމް ގެ ރައުޔުގައި ވަނީ އިސްތިއުނާފު ބަލައިގަތުމަށް ގާނޫނީ ބަހުސެއް އޮތް ކަމަށް ބެލެވޭތީ ރަޖިސްޓްރާގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި މި ނިންމުމަށް  ފަނޑިޔާރު މުޙައްމަދު ޝަނީޒް ވަނީ ތާއީދު ކުރައްވާފައެވެ.

މީގެ ކުރިން އެ މައްސަލަ ބަލައި ނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައި ވަނީ މަމްދޫހުގެ ފަރާތުން އެއްވެސް ގާނޫނަކާއި ނުވަތަ ގާނޫނީ އުސޫލަކާ ހަވާލާ ދީފައިނުވާތީ އާއި އިސްތިއުނާފް ކުރެވޭ މައްސަލަ އަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނެރެފައިވާ އަމުރަކަށް ވާއިރު އެ މާއްދާގެ ދަށުން ނެރޭ އަމުރަކަށް ބުނެވުނު ސުޕްރިމް ކޯޓުގެ ގަޟިއްޔާ ޠަޠުބީގު ކުރެވޭ ގޮތެއް ސާފު ކޮށްދީފައި ނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.

އޭރު ހައި ކޯޓުން މިފަދައިން ނިންމާފައިވަނިީ ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގައިވާ 43 ވަނަ މާއްދާ އާއި ހަވާލާ ދީއެވެ. މި މާއްދާ ގައި ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ ދެ ހާލަތެއް އެ މާއްދާގައި ބަޔާންކޮށްފައިވެ އެެވެ.

މީގެ ތެރެއިން ފުރަތަމަ ހާލަތަކީ, އިސްތިއުނާފުކުރަން ހުށަހަޅާ ހުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ގަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ގާނޫނު ތަތުބީގުކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ގަބޫލުކުރެވޭނެ ކަންކަން ހުރުމެވެ. އަދި ދެވަނަ ހާލަތަކީ, ހުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނޭ ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ހުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައި ވުމެވެ.

ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު މަންޑޭ ދިރިއުޅެމުންދިޔަ އެޕާޓްމެންޓް އަށް ފުލުހުން ވަދެ ފާސް ކުރީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ހޯދައިގެންނެވެ. އެ އެޕާޓްމެންޓުން ފެނުނު އަގުބޮޑު މުދާތައް ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔުމުގެ ސަބަބުން އެ މަހުގެ 24 ގައި މަންޑޭ ވަނީ އެމައްސަލަ ކޯޓަށް ހުށައަޅާފައެވެ.

އެ އެޕާޓްމަންޓުން ފެނުނު އެތައް މިލިއަން ރުފިޔާގެ އަގު ބޮޑު ތަކެތީގެ ފޮޓޯތަކަކާއި އެކު މަންޑޭގެ މި ދިރިއުޅުމުގެ ވާހަކަތަކެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ މަހުގެ 30 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހިއްސާ ކޮށްފައެވެ.

މިމަހުގެ 13 ވަނަ ދުވަހު މަންޑޭ ގެ މައްޗަށް 105 ދައުވާއެއް ކުރުމަށް ޕީޖީ ގެ އޮފީހުން ކްރިމިނަލް ކޯޓަށް ވަނީ ހުށައަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.