މަސީގެ 'ބިލްޑާ އެވޯޑްސް'ގައި 'ސިމެންޓް ސަޕްލަޔާ އޮފް ދި އިޔާ' އެވޯޑާ ވިލާ ހަކަތައިގެ ޑިރެކްޓާ އޮފް ސޭލްސް ބާސިލް ނަފީސް ހަވާލު ވަނީ-- ފޮޓޯ/ވިލާ ހަކަތަ
ވިޔަފާރި
25 Dec 2023 | 15:54
މަސީގެ ސިމެންޓް ސަޕްލަޔަރ އޮފް ދި އިޔަރ ވިލާ ހަކަތަ އަށް!

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ)ގެ 'ބިލްޑާ އެވޯޑްސް'ގައި 'ސިމެންޓް ސަޕްލަޔާ އޮފް ދި އިޔާ' އެވޯޑު ވިލާ ހަކަތައަށް ލިބިއްޖެ އެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި އެ އެވޯޑު ހަފްލާގައި ވިލާ ހަކަތައިގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ޑިރެކްޓާ އޮފް ސޭލްސް ބާސިލް ނަފީސް އެވެ.

މިކަމާއި ގުޅޭގޮތުން ވިލާ ހަކަތައިން ބުނީ، ފާއިތުވެދިޔަ ފަސް އަހަރުގައިވެސް އެންމެ ރަނގަޅު ސިމެންތި ފޯރުކޮށްދިނުމުގައި ދެމި އޮތީ ވިލާ ހަކަތަ ކަމަށެވެ. އަދި ސިމެންތި ފޯރުކޮށްދިނުމުގައި މާކެޓް ލީޑާގެ ގޮތުގައި ވިލާ ހަކަތަ އޮތް އިރު، މި އެވޯޑް ލިބިގެން ދިޔައީވެސް އެ ސަބަބުތަކާއި ހުރެކަން ފާހަގަކޮށްފައިވެއެވެ. 

ވިލާ ހަކަތައިގެ އުފެއްދުމެއް ކަމުގައިވާ ވިލާ ސިމެންތި އުފެއްދުމަށް ކ. ތިލަފުށީގައި ހިންގާ ސިމެންތި ކާރުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި އެންމެ އަވަހަށް ސިމެންތި ބަންދުކުރާ ކާރުޚާނާ އެވެ.

ފާއިތުވެ ދިޔަ އަހަރުތަކުގައި ސިމެންތީގެ ޕެކިން ކެޕޭސިޓީ ވެސް އިތުރުކޮށް، ވިލާ ސިމެންތި ކާރުޚާނާގައި 50 ކިލޯގެ ބަސްތާގެ އިތުރުން މިހާރު އެއް ޓަނުގެ ޖަމްބޯ ބޭގް ވެސް މިހާރު ލިބެން ހުރެއެވެ. 

އެންމެ ޒަމާނީ މެޝިނަރީއެކު، ތިލަފުށީގައި ހުންނަ އޮޓޮމޭޓެޑް ކާރުޚާނާގައި އެއްފަހަރާ ގިނަ އަދަދެއްގެ ސިމެންތި، މޮޅު ކޮލިޓީގައި ބަންދުކުރުމުގެ ގާބިލްކަން ވިލާ ހަކަތައް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގައި ހިންގުނު އެންމެ ބިޔަ މަޝްރޫއު ތަކަށް ވިލާ ސިމެންތި ވަނީ ބޭނުންކޮށްފައެވެ. 

ވިލާ ހަކަތައިން ބުނާ ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަނީ އިމާރާތްތަކުގެ އުމުރު ދިގުކޮށްދޭ ފަދަ މޮޅު ކޮލެޓީގެ ސިމެންތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ. އެކަން ކަށަވަރު ކުރުމަށް އެ ކުންފުނިން 'ލޫސް ސިމެންތި' އެތެރެކޮށް، އެ ކުންފުނީގެ ސިމެންޓް ސްޓޯރޭޖް ސައިލޯ ފެސިލިތީގައި ރައްކާ ކުރެ އެވެ. އަދި ކޮލެޓީ ދެމެހެއްޓުމަށްޓަކައި ސިމެންތި ބަންދުކުރަނީ ޑެލިވާ ކުރަން ތައްޔާރުވުމުންނެވެ.

ވިލާ ހަކަތައަކީ ސިމެންތީގެ އިތުރުން ލިކުއިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ)، ތެޔޮ، ޝެލް ލުބްރިކެންޓްސް، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި އެ ނޫނަސް އިތުރު އިންޑަސްޓްރިލް މުދާ ވިއްކާ ކުންފުންޏެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.