ރައީސް މުއިއްޒާއި ކުރީގެ ރައީސް މައުމޫން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
26 Dec 2023 | 08:55
ކުރީގެ ރައީސް މައުމޫންގެ ޝުކުރު ރައީސް ޑރ.މުއިއްޒަށް

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ.)، ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެ އަރިހަށްގޮސް ބައެއްކަންކަމާ މަޝްވަރާ ކޮށްލުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

މިފަދައިން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓާއި އެކު އެމަނިކުފާނު ވަނީ މި ބައްދަލުވުމުގެ ފޮޓޯއެއް ވެސް ހިއްސާ ކުރައްވާފައެވެ.

"ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ އަރިހަށްގޮސް ބައެއްކަންކަމާ މަޝްވަރާ ކޮށްލުމުގެ ފުރުޞަތު ދެއްވިކަމަށްޓަކާ އެމަނިކުފާނަށް ނުހަނު އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަން."

ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒާއި ކުރީގެ ރައީސް މައުމޫން ގެ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޤައުމުގެ އިޖުތިމާޢީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމުގެ އިތުރުން، ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
ޕޯޗުގަލްއަށް ޔޫރޯ ކާމިޔާބުކޮށްދިނިން؛ އެއީ ވޯލްޑްކަޕް ކާމިޔާބުކުރުން ފަދަ ކަމެއް
ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެދިން 233 ވަނަ މެޗަށްފަހު ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، 2016 ވަނަ އަހަރު ޕޯޗުގަލްއަށް ޔޫރަޕްގެ ތަށި (ޔޫރޯ) ހޯދައިދިނުމަކީ އޭނާއަށް ވޯލްޑްކަޕެއް ކާމިޔާބުކުރުމާ އެއްވަރުގެ ކަމެއް ކަމަށެވެ.
07 Jul 2026
ޢަރަބިއްޔާގެ އައު އިމާރާތް ނޮވެންބަރު މަހު ނިންމާލެވޭނެ
ޢަރަބިއްޔާ ސުކޫލުގެ އައު އިމާރާތުގެ މަސައްކަތް އަންނަ ނޮވެންބަރު މަހުގައި ނިންމާލެވޭނެ ކަމަށާ، އަންނަ ދިރާސީ އަހަރުގައި ކިޔަވަން ފަށާއި އެ ސުކޫލުދަރިވަރުން ކިޔަވާނީ އައު އިމާރާތުގައި ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
07 Jul 2026
ފުންފަޅު ގޭގެ އަލިފާނުގެ ހާދިސާގައި 109 މީހުންނަށް އަސަރުކުރި
މާލޭގެ ގ. ފުންފަޅު ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ 109 މީހަކަށް އެކިވަރުގެ އަސަރުކޮށްފައިވާ ކަމަށާއި، އެމީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95,000 (ނުވަދިހަ ފަސްހާސް) ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
07 Jul 2026
ދަރިވަރުން ސުކޫލަށް ނުދާ މައްސަލާގައި ފިޔަވަޅު އަޅަން އަންގައިފިން
އެއްވެސް ސަބަބަކާ ނުލައި ސުކޫލަށް ނުގޮސް ކުއްޖަކު ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، އެކަމަށް މިނިސްޓްރީން ފިޔަވަޅު އަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ނިމުނު ހަފްތާގައި މާލޭ ސުކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި އެކަމާ ގުޅިގެން ވާހަކަދެއްކެވި ކަމަށާ، އެ މައްސަލާގައި ފިޔަވަޅު އެޅުމަށް އަންގަވާފައި ވާނެ ކަމަށް ވިދާޅުވިއެވެ.
07 Jul 2026
މަސްތުވާތަކެތީގެ ސަބަބުން ޖީލުތަކެއްގެ ކުރިމަގު ވަނީ ބަނަވެފައި
މަސްތުވާތަކެތީގެ ވަބާގެ ސަބަބުން ރާއްޖޭގެ އެތައް ޖީލެއްގެ ކުރިމަގު ބަނަވެފައިވާ ކަމަށާއި، އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ފުލުހުންގެ މުއައްސަސާގެ އެންމެ އިސް އަމާޒު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
07 Jul 2026
ފުލުހުންނަށް، 24،000 ޑޮލަރުގެ ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފި
ގާތްގަނޑަކަށް 24,000 އެމެރިކާ ޑޮލަރު (370,080 ދިވެހި ރުފިޔާ) ގެ އަގުހުރި މި އެހީގެ ދަށުން ފުލުހުންނަށް 150 "ފީލްޑް ޓެސްޓިންގ ކިޓް" ވަނީ ހަވާލުކޮށްފައެވެ.
07 Jul 2026
ޕެރަގުއޭގެ ސެނެޓަރަކު ކުރި ނަސްލީ ފުރައްސާރައަށް އެމްބާޕޭ ވަރުގަދަ ރައްދެއް
އެމްބާޕޭ ބުނެފައިވަނީ އަމަރިއްލާއަކީ އެ މަޤާމަށް ކުފޫހަމަނުވާ، ދަށުދަރަޖައިގެ އަންހެނެއް ކަމަށެވެ. އަދި އޭނާއަކީ ޕެރަގުއޭ ތަމްސީލުކުރާ މީހެއް ނޫން ކަމަށާއި، އޭނާގެ މި ނާތަހުޒީބު ޢަމަލުގެ ސަބަބުން ޕެރަގުއޭގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ މަތިން ދުނިޔެ ހަނދާން ނެތި، ޤައުމުގެ އަގު ވެއްޓިފައިވާ ކަމަށް އެމްބާޕޭ ފާހަގަކުރިއެވެ. އެމްބާޕޭ އިތުރަށް ބުނީ، ދުނިޔޭގައި ނަފްރަތާއި ނަސްލީ ތަފާތުކުރުން ފެތުރުމުގެ ފުރުޞަތު މިފަދަ މީހުންނަށް ނުދޭނެ ކަމަށެވެ.
07 Jul 2026
މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމަށް މަސައްކަތްކުރި މީހާއަށް ނާދިރު ބައްޔެއް; އިބްރަތަކަށް ފުދޭ
ދިގު އުމުރަކަށް އެދި އަދި މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމުގެ އުއްމީދުގައި، އޭނާގެ ސިއްހަތަށްޓަކައި މިލިއަނުން ހަރަދުކުރަމުންދާ މަޝްހޫރު ބްރަޔަން ޖޯންސަންގެ ވާހަކައަށް މުޅި ދުނިޔޭގެ ސަމާލުކަމަށް ހުއްޓިފައި ވާތާ އަހަރުތަކެއްވީ އެވެ.