ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިންގް--ފޮޓޯ/ވޮއިސް
ހަބަރު
26 Dec 2023 | 13:59
އޮތޮރައިޒްޑް ނޫން ބަޔަކު ގެނައި މުދަލެއް ވިއްކުން ހުއްޓުވަން ކޯޓުން ވަގުތީ އަމުރެއް ނެރެފި

ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓާކަން ދިވެހި ކުންފުންޏަކުން ހޯދާފައި ވަނިކޮށް އޮތޮރައިޒްޑް ނޫން ބަޔަކު ގެނައި މުދަލެއް އެތެރެކޮށް އެއިން ވިޔަފާރިކުރުން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

މިގޮތުން އެތެރެކޮށް އެއިން ވިޔަފާރިކުރުން ހުއްޓުވި މުދަލަކީ "ކެމަލް" ބްރޭންޑުގެ ސިނގިރޭޓެވެ.

މިއަހަރުގެ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު އެމުދާ އެތެރެކުރުން ހޯދާފައިވާ ރާއްޖޭގެ ކުންފުނި ކަމުގައިވާ ސީޖީޓީ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނީ "ކެމަލް" ބްރޭންޑުގެ ސިނގިރޭޓުގެ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓާގެ ގޮތުގައި އެ ބާވަތް ފާއިތުވި 20 އަހަރު ރާއްޖެ އަށް އެތެރެކުރާ މުދަލެއް ކަަމަށެވެ. އެހެންނަމަވެސް އެގްޒޮޓިކް އެންޓަޕްރައިޒަސް ނަމަކަށް ކިޔާ ކުންފުންޏަކުން ދާދިފަހުން އެ ބްރޭންޑުގެ ކައުންޓަފިޓު (ފޭކް) މުދާތަކެއް ރާއްޖެ އަށް ގެނެސްފައިވާ ކަމަށެވެ.

އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ވަނީ ސީޖީޓީން ގެންނަ މި މުދަލުގެ ނަމާ ވައްތަރުގެ ނަމެއް ބަޔާންކޮށްގެން އޮޅުވާލައިގެން އެ ބްރޭންޑުގެ މުދާތަކެއް ރާއްޖެއަށް ގެނެސްފައި ކަމަށް އެ މައްސަލައިގައި ބުންޏެވެ. މިގޮތުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ގެންނަ މުދަލުގެ ބޭރުގައި އެއީ ޖީޓީ އިންޓަނޭޝަނަލް ގެ މުދާތަކެއް ކަމަށް ބަޔާން ކޮށްފައި ހުންނަ ކަމަށާއި އެ ކުންފުންޏާއި އެއްވައްތަރު ނަމެއް ގެ ގޮތުގައި ސީސީޓީ/މާލެ މިހެން ޖަހާފައި ހުންނަ ކަަމަށް ވެސް ސީޖީޓީންވަނީ ފާހަގަކޮށްފައެވެ. އަދި ސީސީޓީ އަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއެއްތޯ ބެލި އިރު އެފަދަ ނަމެއް ކިޔާ އެއްވެސް ވިޔަފާރިއެއް ރާއްޖޭގައި ނެތް ކަމަށް ވަނީ ބަޔާން ކޮށްފައެވެ.

މި ކަމުގެ ބޭނުމަކީ އެއީ ލޮލަށް ފަސޭހައިން އަޅައިނުގަންނަ ނަމެއް ޖެހުމުގެ ބޭނުމުގައި، ސީޖީޓީ އަކީ އޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ކަން އެނގި ހުރެ އޮޅުވާލުމުގެ ތެރެއިން އެ މުދާ ރާއްޖެ އެތެރެކޮށް ވިއްކުން ކަމަށާއި،އެފަރާތަކީ ސީޖީޓީ އަށް އަށް ނިސްބަތްވާ ބައެއް ކަމުގައި ދެއްކުން ކަމަށް ވެސް ސީޖީޓީން ސިވިލް ކޯޓަށް ހުށައެޅި ބަޔާނުގައި ވެއެވެ.

އެފަދަ ބޮޑު އޮޅުވާލުމެއްގެ ތެރެއިން، އޮތޮރައިޒްޑް ޑިސްޓްރިބިޔުޓާކަން ލިބި 20 އަހަރު ވަންދެން ވިއްކި މުދަލެއްގެ ފޭކު ބާވަތެއް އެހެން ބަޔަކު ރާއްޖެ އަށް ގެނެސް ވިއްކަމުންދާތީ ސީޖީޓީ އަށް ކަސްޓަމަރުން ކުރާ އިތުބާރު ގެއްލި، އިޔާދަނުކުރެވޭ ގެއްލުން ލިބެމުންދާކަމަށް ވެސް މައްސަލައިގައި ވަނީ ބުނެފައެވެ.

ސީޖީޓީން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، އެގްޒޮޓިކް ކުންފުނިން އެ ފޭކު މުދަލުގެ 200 ކޭސް އެތެރެކޮށް، ބޮންޑަޑް ވެއާހައުސެއްގައި ބަހައްޓާފައިވާއިރު، މިހާތަނަށް އޭގެ ތެރެއިން 10 ކޭސް ކްލިއާކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސީޖީޓީން ސިވިލް ކޯޓުގައި އެދުނީ ބާކީ 190 ކޭސް ކްލިއާކުރުން ހުއްޓުވުމަށް ކަމާ ގުޅޭ އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

މިނުކުތާތަކަށް  ރިއާޔަތްކޮށް މައްސަލަ ބެއްލެވި ގާޒީ އައިޝަތު އަޒުފާ އަބްދުލްޣަފޫރު ނެރުއްވި އަމުރުގައި ރާއްޖެ އަށް އެތެރެކޮށްފައިވާ މުދަލުގެ އަސްލުކަމާ މެދު ސުވާލު އުފެދިފައިވާތީ އެ މުދަލުން އެއްވެސް މުއާމަލާތެއް ނުކުރުމަށް އެގްޒޮޓިކް ކުންފުންޏަށް ވަނީ އަމުރުކޮށްފަ އެވެ.

އަދި މި މުދަލުން އެއްވެސް ބައެއް ކްލިއާނުކޮށް ހުރި ނަމަ، އެ މުދާ ކްލިއާ ކޮށްދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ކަސްޓަމްސްގެ މައްޗަށް އަމުރުކޮށް، އެ މުދާ ރާއްޖޭގައި ވިއްކާ ނަމަ އެކަން ހުއްޓުވައި ދިނުމަށް ފުލުހުންގެ މައްޗަށް ވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.