ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން. ފޮޓޯ: ދާޚިލީ ވުޒާރާ
ހަބަރު
26 Dec 2023 | 17:08
ތާއަބަދު އިސްލާމީ އަދި މިނިވަން މުޖްތަމަޢެއްގައި ތިބެން ބޭނުންނަމަ އެއްބައިވަންތަ ވާންޖެހޭ: ވަޒީރު އިޙްސާން

ތާއަބަދު އިސްލާމީ އަދި މިނިވަން މުޖްތަމަޢެއްގައި ތިބެން ބޭނުންނަމަ އަބަދުވެސް އެއްބައިވަންތަ ވާން ޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ޤައުމީ އެއްބައުވަންތަ ކަމުގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖު ގައެވެ.

ވަޒީރު އިޙްސާން ވިދާޅުވީ ސުނާމީ އެރި ދުވަހު ދިވެހި ރައްޔިތުން ގުޅިގެން އެކަކު އަނެކަކަށް އެއްބައިވަންތަވެގެން އެއްބައެއްގެ ގޮތުގައި ދެއްކެވި ހިތްވަރާއި ނަމޫނާ އަކީ އޭގެން މިއަދުވެސް ހިތްވަރު ލިބިގަންނަ ކަމެއް ކަމަށެވެ.

“އެދުވަހަށް ފަހުގަ އައި ކޮންމެ އެއްބައިވަންތަ ކަމުގެ ދުވަހަކީ އަޅުގަނޑުމެން އެހިތްވަރު އާ ކުރާ ދުވަހެއް”ވަޒީރު އިޙްސާން ވިދާޅުވެފައިވެއެވެ.

ވަޒީރު ވިދާޅުވީ ނަމަވެސް ހިތާމައަކީ ރާއްޖޭގެ މިވަގުތުި ހާލަތު އޮންނަ ގޮތުން ސިޔާސީ ބައިބައިވުމާއި ދޭދޭ މީހުންގެ ތެރޭގައި ޖެހޭ މައްސަލަތަކާއި ހިތް ނުތަނަވަސް ވާ ޙާލަތުގައި އަޅުގަނޑުމެންގެ ގުޅުންތަކަށް އަންނަ ބުރޫތަކާއި މިކަން ކަމުގެ ސަބަބުން އެއްބައިވަންތަކަމަށް އެއްދުވަހުން އަނެއް ދުވަހަށް މިދަނީ އަސަރު ކުރަމުން ދާ ދިއުން ކަމަށެވެ.

“އަޅުގަނޑުމެން ދިވެހިންނަކީ ތާ އަބަދު އިސްލާމީ މުޖްތަމަޢެއްގެ ތެރޭގައި މިނިވަން ކަމާއި އެކު ތިބެން ބޭނުންވާ ބައެއް ކަމުގައި ވާނަމަ އެއްބައިވަންތަ އެއްބައެއްގެ ގޮތުގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް” 

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު އަލީ އިޙްސާން 

ދިވެހިންގެ ތެރެއަށް ނުކިއްސަރު ޙިޔާލުތަކާއި ބައިބައިވުން އުފެއްދުމުގެ މަޤްސަދުގައި ބޭރުގެ ޤައުމުތަކުންނާއި އެކިއެކި ޖަމާޢަތް ތަކުން ތާއަބަދު ދާނީ މަސައްކަތް ކުރަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަންކަމަށް ދިފާޢު ވުމުގެ ގޮތުން އޮތް އެންމެ ބޮޑު ހަތިޔާރަކީ އެއްބައިވަންތަކަން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ