"މުކައްބަ" ކެމްޕޭން އިފްތިތާހް ކުރުމުގެ ޖަލްސާެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ހަބަރު
26 Dec 2023 | 20:18
ކާބޯތަކެތީގެ ރައްކާތެރިކަމާއި ބެހޭގޮތުން ހޭލުންތެރި ކުރުވުމަށް "މުކައްބަ" ކެމްޕޭން ފަށައިފި

ކާބޯތަކެތީގެ ރައްކާތެރިކަމަށް ޢާންމުން ހޭލުންތެރިކުރުވުމާ ގުޅޭ ޤައުމީ މީސް މީޑިއާ ކެމްޕޭން 'މުކައްބަ' އިފްތިތާޙު ކޮށްފިއެވެ.

މި ކެމްޕޭން އަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި، ޑަބްލިއުއެޗްއޯ ގުޅިގެން ކޮޑެކްސް ޓްރަސްޓް ފަންޑުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ކެމްޕޭނެކެވެ.

މި ކެމްޕޭން މިއަދު އިފްތިތާހް ކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ގެ އަރިހުގައި ރައީސް ޑރ.މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވީ ރާއްޖޭގައި ދުޅަހެޔޮ ސިއްހަތެއް ބިނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބަލިތަކުން ދުރާލާ ރައްކާތެރި ވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން، "ޕްރިވެންޓް ހެލްތް" އަކީ ރައީސް ޑރ.މުއިއްޒުގެ މުހިންމު ސިޔާސަތެއް ކަންވެސް މިނިސްޓަރ ގެ ވާހަކަފުޅު ގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވީ މި ސިޔާސަތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި އޮތް ކާބޯތަކެއްޗާ ބެހޭ ބިލު އަވަސްކޮށްދެއްވުމަށް އެދި ވަޑައިގެން، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްއެފްޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ސަތީޝް މޫސާ ވަނީ މުކައްބަ ފަދަ ކެމްޕޭން އަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް ބޭނުންތެރި ކެމްޕޭން އެއް ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮންމެ ގޭބިސީއެއްގައިވެސް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ސަގާފަތެއް އާލާކުރުމަށާއި ކާބޯތަކެތި ކަމުގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުވުމަށް ފެށި މި ކެމްޕޭނަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދިނުމަށް އެމްއެފްޑީއޭ އިން އެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.