އަހްމަދު ޝަކީބް-- ފޮޓޯ: ލިންކްޑް އިން
ހަބަރު
27 Dec 2023 | 08:38
އެންމެ ގިނަ ދުވަސްތަކަށް ދެމިގެންދިޔައީ ސުނާމީގެ ލައިވް ޕްރޮގްރާމް: ޝަކީބް

މެދުކެނޑުމެއް ނެތި އެންމެ ދިގު މުއްދަތަކަށް، އެންމެ ގިނަ ދުވަސްތަކަކަށް، ދެމިގެން ދިޔަ ލައިވް ޕްރޮގްރާމަކީ ސުނާމީ ކާރިސާއާ ގުޅިގެން ކުރިއަށް ގެންދިޔަ ލައިވް ޕްރޮގްރާމް ކަމަށް ނޭޝަނަލް އިންސްޓިޓުއުޓް އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަދި ޓީވީ ޕްރެސެންޓަރު އަހްމަދު ޝަކީބް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ އެއްބައިވަންތަ ކަމުގެ ދުވަސް ނިސްބަތްވާ 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީ ހާދިސާ އާއި ގުޅޭ ގޮތުން ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓްގައި ޝަކީބް ވިދާޅުވީ މި ކާރިސާ އަކީ މީޑިއާގެ ދާއިރާގައި އެބޭފުޅާ ހޭދަ ކުރެއްވި ވިއްސަކަށް އަހަރުދުވަހުގެ ހަނދާންތަކުން މިއަދުވެސް ހިތަށް އެންމެ ބޮޑަށް އަސަރުކުރާ ހާދިސާކަމަށެވެ.

ޝަކީލް ވިދާޅުވި ގޮތުގައި އެދުވަހުގެ ހެނދުނު 8:30 ގައި އޮފީހުގައި ފެށި ބައްދަލުވުމެއް ނިންމައިލަން ޖެހުނީ މާލެއަށް ބޮޑު ރާޅު އަރައިގެން އުޅޭ ޚަބަރެއް ލިބިގެން ކަމަށާއި އަދި އެ ބޮޑު ރާޅު ރާއްޖޭގެ ބައެއް ރަށްރަށަށްވެސް އެރިކަމަށާއި ބައެއް ރަށްރަށުގައި ކަކޫތާފެނަށް ދިޔަގަނޑު އަރާފައިވާކަމަށް ޚަބަރު ލިބުމުން ކަމަށެވެ.

ޚަބަރު ލިބުމާއި އެކު އޭރު  ޓީވީ މޯލްޑިވްސްގެ އެނައުންސަރެއްގެ މަގާމުގައި ހުންނެވި ޝަކީބް ،ޚަބަރުތަކާގުޅޭ ޞައްޙަ މަޢުލޫމާތެއް ހޯދުމަށް ޓަކައި ދުރުވީ އެބޭފުޅާ ގެ އޮފީހާއި ދާދި ގާތުގައި ހުރި ޓީވީ މޯލްޑިވްސްއަށެވެ.

އެތަނަށް ޝަކީބަށް ދެވުނުއިރު، ޓީވީ މޯލްޑިވްސް ގައި ތިއްބެވި ބޭފުޅުން އުޅުއްވަނީ ވަގުތުން ޓީވީގެ ލައިވް ޕްރޮގްރާމް ފަށަން އިރުޝާދު ލިބިފައިވާތީ ލައިވް ކުރިއަށް ގެންގޮސްދޭނެ އެނައުންސަރެއް ހޯއްދެވުމުގެ މަސައްކަތުގައިއެވެ. ސުވާލެއް ކޮށްލާކަށް ފުރުޞަތެއް ނުލިބި ޝަކީބަށް ޖެހުނީ ޓީވީ މޯލްޑިވްސްގެ މައި ސްޓޫޑިއޯއަށް ވަންނާށެވެ. އޭގެ އިރުކޮޅެއްވެސް ނުވަނީސް މަޝްހޫރު އެނައުންސަރ ހީނާ ވަލީދު ވަޑައިގެން، ލަސްތަކެއް ނުވެ ލައިވް ޕްރޮގްރާމް އެ ފެށިގެން ދިޔަ ކަމަށް ޝަކީބުގެ ޕޯސްޓްގައި ވެއެވެ.

އެދުވަހު ރާއްޖެއަށް ކުރިމަތިވި ބިރުވެރިކަމުގެ މަޢުލޫމާތު ޝަކީބް މެންނަށް ލިބެންފެށީ އެހާތަނުންނެވެ. ފޯނުކޯލުތަކާއި ފޮޓޯތަކާއި ވީޑިއޯގެ ޒަރީޢާއިންނެވެ. މުޅި ރާއްޖެއަށް ކުރިމަތިވި ބިރުވެރި ކާރިސާގެ އަސަރު ދިވެހި މުޖުތަމަޢަށް ކުރި މިންވަރު ނިއުޅެމުން ދިޔައީ އެބޭފުޅުންގެ ލޯމަތީގައެވެ. ރުއިމާއި ގިސްލުމުގެ އަޑުތައް އޮހެންފެށީ އެއްވެސް ސުމާރެއް ނެތިކަމަށާއި އެބޭފުޅުން ތިއްބެވީ ލައިވް ކެެމެރާގެ ކުރިމަތީގައި ކަމަށް ވީތީ، ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުގެ ސަބަބުން ކުރި އަސަރު އެއްވެސް ސިފައެއްގައި ނުދައްކައިވޭތޯ  "ޖަޒުބާތުތަކުގައި ފިސާރި ބާރަށް އަތްއަޅައި އޮބެހެއްޓޭތޯ" މަސައްކަތް ކުރެއްވިކަމަށް ޝަކީބް ވިދާޅުވިއެވެ. 

ޝަކީބް ވިދާޅުވީ އެދުވަހުގެ 10 ޖަހަން އުޅެނިކޮށް ފެށި ލައިވް ޕްރޮގްރާމުން ނުކުތީ އެރޭ ފަތިހު 5 ޖަހަން އުޅެނިކޮށްކަމަށެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު ޑިސެންބަރު 26 ވަނަ ދުވަހު ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާގައި ދިވެހިން ދައްކައިދިން އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުންނެވެ.

މި އަހަރަކީ މި ކާރިސާއަށް 19 އަހަރު ފުރުނު އަހަރެވެ. މިކާރިސާގައި 82 މީހުން މަރުވެ، 26 މީހަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.

ސުނާމީ ކާރިސާއަށް ފަހު ކޮންމެ އަހަރުވެސް ޑިސެމްބަރު 26 ވަނަ ދުވަސް ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ރާއްޖޭގެ ހުރިހައި ރަށެއްގައި ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.