ދިގުރަށު ކުނި ގޮނޑު--
ހަބަރު
27 Dec 2023 | 13:24
ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑާމެދު ކަންކުރާނެ ގޮތާމެދު ޢާއިލާއާ މަޝްވަރާކުރަނީ

އދ ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑާމެދު ކަންކުރާނެ ގޮތެއް ނިންމުމަށް ޢާއިލާއިން މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. 

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށްލައި ކުނިގޮނޑަށް އެއްލާލާފައި އޮތް ކުޑަކުއްޖެއް ފެނިފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މީގެކުރިން ބުނެފައި ވަނީ ކޮތަޅަކަށްލައި އެއްލާފައި އޮތް ކުއްޖަކު ދިގުރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އެ ދުވަހުގެ ހެނދުނު 9:20 ހާއިރު ކަމަށެވެ. 

ދިގުރަށުން "ވޮއިސް" އަށް މައުލޫމާތު ދިން ފަރާތެއް ބުނެފައިވާ ގޮތުގައި އެ ކުއްޖާ ފެނިފައި ވަނީ ބިދޭސީން ގޮނޑަށް ކުނި އަޅަމުން ދަނިކޮށް ކަޅުކުލައިގެ ޑަސްބިން ކޮތަޅަކަށް ލާފަ އޮއްވައެވެ. އަދި ފެނުމާއެކު، އެކަން ރަށު ކައުންސިލަށް އެންގި ކަމަށާ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރަށު ކައުންސިލުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔުމަށްފަހު މިމަހު 24 ގައިވަނީ މާލެ ގެނެސްފައެވެ. 

އެކަމާއި ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން މިއަދު މީޑިއާ އޮފިޝަލް ވިދާޅުވީ، ކުއްޖާގެ ހަށިގަނޑާމެދު ކަންކުރާނެ ގޮތެއް ނިންމުމަށް ޢާއިލާއިން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. 

ފުލުހުން މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާއިރު، މައްސަލަ އާއި ގުޅިގެން 30 އަހަރުގެ ލަންކާއަށް ނިސްބަތްވާ އަންހެނެއް ހައްޔަރު ކޮށްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. 

އެ އަންހެން މީހާ އަކީ ކުއްޖާގެ މަންމަ ކަމަށް މަޢުލޫމާތު ދޭއިރު، އެއީ، އެ ރަށު ގެސްޓް ހައުސް އެއްގައި މަސައްކަތް ކުރާ މީހެއް ކަމަށްވެސް އެ ރަށުން މަޢުލޫމާތު ދެއެވެ. ނަމަވެސް ކުއްޖާގެ ބައްޕަ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް އިދާރާއަކުން ދީފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.