ސީލައިފް ގްލޯބަލްގެ ވެރިމީހާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ)-- ފޮޓޯ: ސަން
ހަބަރު
27 Dec 2023 | 16:20
އައްމަޓީގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލުމަށް ކުރި އަމުރު އިސްތިއުނާފް ކުރަނީ

ސީލައިފް ގްލޯބަލްގެ ވެރިމީހާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލުމަށް ހައި ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

މިއަދު އެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމާމެދު ޕީޖީ އޮފީހުން ހިތްހަމަ ނުޖެހޭތީ،ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމައި، އިސްތިއުނާފުކުރުމަށް މިއަދުގެ ވަގުތެއްގައި ހުށަހެޅޭނެ ކަމަށެވެ.

އަދި މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ އައްމަޓީގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ 06 ޑިސެންބަރު 2023 އިން ފެށިގެން 25 ޑިސެންބަރު 2023 އާ ހަމައަށް ކަމަށެވެ. އެހެންކަމުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިއިރު އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ނިންމި މުއްދަތު އޮތީ ހަމަވެފައި ކަމަށްވެސް އެ އޮފީހުގެ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.

މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވަނިކޮށް އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓް އަމުރު މުރާޖަޢާކުރުމުގެ އަޑުއެހުމެއް މިއަދު ގެ 13:00 ގައި ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވީ ނަމަވެސް އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓާ ގުޅޭ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަވަންދެން އަޙްމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖަޢާކުރުމުގެ އަޑުއެހުން ކުރިއަށް ނުގެންދެވުމަށް ޕީޖީ ކްރިމިނަލް ކޯޓުގައި އެދިފައި ވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން އޭނަގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލުމަށް ކުރި އަމުރުގެ ރައުޔުގައި ބުނެފައިވަނީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަމަށް ކޯޓަށް ހުށަހަޅާފައިވާ މެޑިކަލް ރިޕޯޓު ތަކުން އެނގެން އޮންނަ ކަމަށެވެ. އެއީ ސީރިއަސް އޮޕަރޭޝަނަކަށް ވުމާއިއެކު ސްރީލަންކާގައި ދިރިއުޅޭ އޭނާގެ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، އޭނާ ފުރުން މަނާކުރަން ނެރެފައިވާ އަމުރު ވަގުތީ ގޮތުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.

އަންމަޓީގެ މައްޗަށް ވަނީ ހުޅުމާލޭގައި ފްލެޓްތަކެއް އަޅަން، އެޑްވާންސަށް އެ ފުލެޓް ގަންނަން ބޭނުންވާ މީހުން އަތުން ފައިސާނަގާ، އެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ދައުވާ ކޮށްފައެވެ.އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ވަނީ ކޮށްފައިވީނަމަވެސް މިހުރިހާ ދައުވާއަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.