އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ މުއްތޮލިބު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
27 Dec 2023 | 17:48
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ދަނީ ހުއްޓުމެއްނެތި ކުރިއަށް؛ ނިމުމާއެކު އެހެނިހެން މަސައްކަތް ފެށޭނަ: މުއްޠަލިބު

ގުޅިފަޅު ހިއްކުމުގެ މަސައްކަތް ތާވަލާއި އެއްގޮތަށް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެެއެވެ. 

ގުޅިފަޅު މަޝްރޫޢު ކުރިއަށްދާ ގޮތުގައި އަދާހަމަ ހާމަކުރައްވައި މިނިސްޓަރު މުއްތޮލިބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގުޅީފަޅުން ހިއްކަން ނިންމާފައިވާ 150 ހެކްޓަރުގެ ތެރެއިން 90 ހެކްޓަރު ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. 

އަދި ސަރުކާރުގެ އަމާޒަކީ ވޭހާވެސް އަވަހަށް އެތަން ހިއްކުމުގެ މަސައްކަތް ނިންމައި، އެތަނުގައި ޢިމާރާތް ކުރުމުގެ މަސައްކަތްތައް ފެށުން ކަމަށެވެ. 

ގުޅީފަޅު މަޝްރޫޢަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ނިންމި އެއް ސަރަޙައްދެވެ.

އެގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު ހިއްކައިގެންނެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ގުޅީ ފަޅުން ކުރީ ސަރުކާރުން ހިއްކަން ފެށި ސަރަހައްދަށް އިތުރު 85 ހެކްޓަރުގެ ބިން އިތުރު ކުރަން މިސަރުކާރުން ވަނީ ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.