އިނގުރައިދޫ އާއި ރަސްމާދޫ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
27 Dec 2023 | 20:39
ފަސޭހަކަމާއި އެކު ރަސްމާދޫ ބަލިކޮށް ފައިނަލްގެ ފުރަތަަމަ ޖާގަ އިނގުރައިދޫ އިން ހޯދައިފި

ރ.އަތޮޅު ކައުންސިލް ފުޓްސަލް ޗެލެންޖު 2023 ގެ ސެމީ ފައިނަލް ފުރަތަަމަ މެޗުގައި މިއަދު ހަވީރު އެންމެ ފަހުގެ ރަނަރަޕް އިނގުރައިދޫ އާއި ރަސްމާދޫ ވާދަކުރި މެޗު 12-6 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ އިނގުރައިދޫ އިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

އިނގުރައިދޫ އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ރަސްމާދޫ އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދީ ގްރޫޕް ބީގައި ކުޅުނު ދެމެޗުގެ ތެރެއިިން އެއް މެޗުން ބަލިވެ، އަނެއް މެޗުން އެއްވަރުވުމުން ލިބުނު އެއް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ.

އިނގުރައިދޫ އާއި ރަސްމާދޫ ވާދަކުރި މެޗުގެ ތެރެއިިން

މިމެޗުގެ ފުރަތަަމަ ހާފުގައި އިނގުރައިދޫ ޓީމުން 8 ލަނޑު ކާމިޔާބުކުރި އިރު، މިހާފުގައި އެޓީމުގެ ކެޕްޓަން އަހުމަދު އައިހަމް ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން އެޓީމުގެ އަލީ ޝާފިޢު ދެލަނޑު ކާމިޔާބު ކުރިއިރު މުހައްމަދު މަމްދޫހް، އަލީ ފާތިހް، ހަސަން މާއިލް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

އަދި މިހާފުގައި ރަސްމާދޫ ޓީމުން ތިން ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ކެޕްޓަން މުހައްމަދު ފަޒީމް، ތާސީން ސައީދު އަދި މުހައްމަދު ސާއިދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 8-3 ގެ ނަތީޖާއަކުން އިނގުރައިދޫ ކުރީގައި އޮވެގެންނެވެ.

އިނގުރައިދޫ އާއި ރަސްމާދޫ ވާދަކުރި މެޗުގެ ތެރެއިިން

މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި އިނގުރައިދޫ ޓީމުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، ރަސްމާދޫ ޓީމުން ވެސް ވަނީ ތިން ލަނޑުގެ ކާމިޔާބުކޮށްފައެވެ. އެގޮތުން މިހާފުގައި އިނގުރައިދޫ ޓީމުގެ ކެޕްޓަން އަހުމަދު އައިހަމް، މުހައްމަދު މަމްދޫހް، އަލީ ފާތިހުގެ އިތުރުން ހުސެއިން މުބްޝާމް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މިހާފުގައި ރަސްމާދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މުހައްމަދު ފަޒީމް، ތާސީން ސައީދު ގެ އިތުރުން މުހައްމަދު ނާހިލް އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 12-6 ގެ ނަތީޖާއަކުން އިނގުރައިދޫ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އިނގުރައިދޫ ޓީމުގެ ކެޕްޓަން އަހުމަދު އައިހަމް އެވެ.

ޗެންޕިްއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު 7 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރަތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލަށް ހޮވޭގޮތަށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.