ޞިއްޙީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު-- ފޮޓޯ: ވޮއިސް
ހަބަރު
27 Dec 2023 | 20:57
ވިލިމާލޭގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމު ކުރުމަށް ނިންމައިފި

އަންނަ އަހަރު ވިލިމާލޭގައި 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށާނެކަން ޞިއްޙީ ވަޒީރު ޑރ.ޢަބްދުالله ޚަލީލު ހާމަކުރައްވައިފިއެވެ.

ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައި ޑރ.ޚަލީލު ވިދާޅުވީ 3 އަހަރުގެ މުއްދަތެއްގެ ތެރޭގައި ހޮސްޕިޓަލުގެ މަސައްކަތްތައް ނިންމައި އެ ހޮސްޕިޓަލުން ޚިދުމަތް ފޯރުކޮށްދެވިގެން ދާނެކަމަށެވެ.

މީގެ އިތުރުންވެސް މިނިސްޓަރ ވިދާޅުވީ ވިލިމާލޭގައި އަޅާ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށާއި އެ ހޮސްޕިޓަލުން މުހިއްމު ގިނަ ބަލިތަކަށް ފަރުވާ ލިބޭނެ ކަމަށެވެ.

ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު ފަށައި ބާރު ދުވެލީގައި މަސައްކަތް ގެންގޮސް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މަސައްކަތް ނިންމައި ޚިދުމަތް ދޭން ފެށޭވަރު ކުރައްވާނެ ކަމުގެ ޔަގީންކަން އެބޭފުޅާ ވަނީ ދެއްވާފައެވެ.

"ތިބޭފުޅުން ޔަގީން ކުރައްވާ، ރައީސް ޑރ.މުއިއްޒު ގެ ވިސްނުމުގައި މިރަށާއި ދޭތެރޭ ވަރަށް ވަރުގަދަ ތަޞައްވުރެއް އެބަ އޮތް. މިއީ އޭގެ ފެށުން އިރާދަ ކުރެއްވިއްޔާ."

މިނިސްޓަރ ޑރ.ޚަލީލު ވިދާޅުވިއެވެ.

ތިމާވެއްޓާ ރައްޓެހި ފަރުމާއަކަށް ބިނާކުރެވޭ މި ހޮސްޕިޓަލަކީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް އަންނަންޖެހޭ މިންވަރު މަދުކުރުމުގެ ގޮތުން އަޅާ އައު ހޮސްޕިޓަލަކެވެ. އަދި ވިލިމާލޭގެ ރައްޔިތުން ސިއްހީ ޚިދުމަތް ހޯދުމަށް ހޭދަވާ ވަގުތު ވެސް މި ހޮސްޕިޓަލުގެ ސަބަބުން ކުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ހޮސްޕިޓަލް އަޅަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ. މިހާރު ވިލިމާލޭގައި ހުރި ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ބައްލަވައިލެއްވުމަށް ޗައިނާގެ އިސް ފަންތީގެ އޮފިޝަލުން ހިމެނިވަޑައިގަންނަވާ ވަފުދެއް ވަނީ މިއަދު އެ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައިއެވެ.

ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓާ ހިންގަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ދަށުންނެވެ. އެ ހޮސްޕިޓަލުގެ ސީއީއޯ އަބްދުއްރައްޒާޤު ޙަލީމު ވަނީ މިހާރު ހުރި ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުންވެސް ޙަލީމު ވިދާޅުވީ އައު ހޮސްޕިޓާ އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުން ލިބޭކަން ކަށަވަރުކުރައްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.