އައްޑޫ ސިޓީގެ މަގެއްގައި ފެން ބޮޑުވެފައި-- ފޮޓޯ: އެޑިޝަން އެމްވީ
ހަބަރު
27 Dec 2023 | 21:30
ވިއްސާރައިގައި އައްޑޫ ސިޓީގެ 92 ގެޔަކަށް ފެންވަދެ 1 ގެޔަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ

އައްޑޫ ސިޓީއަށް މިހާރު ކުރަމުން ގެންދާ ވިއްސާރައިގައި އެ ސިޓީގެ 92 ގެޔަކަށް ފެންވަދެ 1 ގެޔަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ފަސް ރަށެއްގައި ފެން ބޮޑުވެފައިވާކަމަށެވެ.

މިގޮތުން މަރަދޫގައި ހުރި 13 ގެއެއްގައި ފެން ބޮޑުވެފައިވާއިރު އެ ގެތަކުން ފެން ހިއްކައި އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެއެވެ.

މަރަދޫގެ އިތުރުން މަރަދޫފޭދޫ ގެ 5 ގެޔެއް ގައި ފެން ބޮޑުވެ 1 ގެޔަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައެވެ.ކަރަންޓު ކެނޑުނު ގެޔަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުންވެސް ފޭދޫއިން 60 ގެއަކާއި ހުޅުދޫގެ 10 ގެއެއްގައި ފެންބޮޑުވެ ހިތަދޫގެ 9 ގެއެއްގެ ގޯތި ތެރޭގައި ފެން ބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ކުރެވިފައި ވާކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

މި ހާދިސާ ގެ ސަބަބުން އެއްވެސް ގެޔަކުން މީހުން ހުސްކޮށް އިންސާނީ އެހީތެރިކަން ފޯރު ކޮށްދެން ޖެހޭ ފަދަ ހާލަތަކަށް އައިސްފައި ނުވާ ކަމަށާއި، ރަށްތަކުގެ ފެން ހިއްކުމާއި ކޯރު ކެނޑުމާއި، ވެލި ބަސްތާ ޖެހުމުގައި ކަމާބެހޭ ފަރާތް ތަކުގެ އިތުރުން، އާންމު ފަރުދުންވެސް ހަރަކާތްތެރި ވަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

މީގެ އިތުރުން އެންޑީއެމްއޭ އިން ބުނީ ލިބުނު ގެއްލުން ވަޒަން ކުރާނީ ފެން ހިނދި އާންމު ހާލަތަށް ރުޖޫއަ ވުމުން ކަމަށެވެ.

މި ވިއްސާރައިގައި ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑުވި ނަމަވެސް ގޭގޭގައި ފެންބޮޑު ވެ ގެއްލުން ލިބޭ ހާލަތަކަށް އައިސްފައި އެއް ނުވެއެވެ.

މޫސުމާ ބެހޭ އިދާރާއިން ވަނީ ފުވައްމުލަކު ސިޓީން އައްޑޫ ސިޓީއަށް އޮރެންޖު އެލާޓު ނެރެފައެވެ. ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް އެ އިދާރާ އިން ވަނީ ލަފާ ކޮށްފައެވެ.

މިހާރު ކުރަމުންދާ ވިއްސާރަޔަކީ އަރުވައި މޫސުން ފެށޭ ދުވަސްކޮޅު ރާއްޖެއަށް ކޮންމެ އަހަރަކުވެސް ކުރާ ވިއްސާރައެއް ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.