ރައީސް ޔާމިން ގެއަށް ބަދަލު ކުރެއްވި ދުވަހު ރައީސް މުޢިއްޒު އެ ގެ ކައިރިއަށް ވަޑައިގެންނެވުން-- ފޮޓޯ/ވޮއިސް
ހަބަރު
28 Dec 2023 | 12:40
ރައީސް ޔާމީން އާއި ގުޅިގެން ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ފުއްދަވައިފި: ސަރުކާރު

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ފުއްދަވާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭންގެ ތެރެއިން ވެވަޑައިގެންފައިވާ އެއް ވަޢުދަކީ، ޝަރުޢީ ހަމަތަކާއި އުސޫލުތަކުގެ މަތީން ރައީސް ޔާމީން މިނިވަން ކުރެއްވުމާއި، ވެރިކަމަށް އިންތިހާބުވެ ވަޑައިގަންނަވާ ފުރަތަމަ ދުވަހު, ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވަން ވެވަޑައިގެންނެވި ވަޢުދެވެ. 

އެހެން ނަމަވެސް، ރައީސް ޔާމީން މިނިވަންވެވަޑައި ނުގަންނަވާތީ، ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކާއި އިދިކޮޅުން ސަރުކާރަށް އަންނަނީ ފާޑުކިޔަމުންނެވެ. އަދި ރައީސް ޔާމީންގެ ވަކީލު، ޑރ. މުހައްމަދު ޖަމީލް ވެސް ވަނީ ރައީސް ޔާމީން އަށް ލިބިލެއްވި ހުރިހާ ލުޔެއް ލިބުނީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވެފައެވެ. 

އެކަމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، ރައީސް މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގެންނެވި ރޭގައި، ކުރީގެ ރައީސް އަށް ދަންނަވައި، އޭގެ އަނެއް ދުވަހު އެމަނިކުފާނު ގެއަށް ބަދަލުކުރައްވާފައިވާ ކަމަށެވެ. 

ބައެއް ބޭފުޅުން ސުވާލު ކުރައްވަފާނެ ކުރީ ސަރުކާރުގެ ހެޔޮފުޅު ކަމުންނޭ އެކަން ކުރެއްވީ. އެހެން ނަމަވެސް އެ ހެޔޮފުޅު ކަމުން އެކަން ކުރެއްވި ނަމަ، އޭގެ ކުރިންވެސް އެކަން ކުރެއްވީސް. އެ ފުރުސަތު ވެސް. އެހެން ނަމަވެސް، އޭރު އިންތިޚާބީ ރައީސް މުޢިއްޒު އޭރު އިލްތިމާސް ކުރެއްވުމާއި ގުޅިގެން އޭރު އެކަން ކުރެއްވީ. ހުވާކުރުމުގެ ކުރިން އެކަން ކުރެއްވި. 

މުހައްމަދު ޝަހީބު

މިއާއެކު ޝަހީބު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާ، ރައީސް މުޢިއްޒު ކުރެއްވި ދުވަހު ވާހަކަ ދައްކަވަމުން ޝަރުޢީ ދާއިރާއަށް ސަރުކާރުން އަތްބޭނުން އެދުވަހުން އެދުވަހަށް ނިމިގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ. 

އެހެންކަމުން އެދުވަހުން ފެށިގެން ސަރުކާރުން ޝަރީޢަތްތަކަށް އަތް ބޭނުން، ކޯޓުތަކަށް ނުފޫޒް ފޯރުވުން އެ އޮތީ ނިމިފައި. އެހެން ކަމުން ރައީސް ޔާމީން އާއި ގުޅިގެން ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު އެ އޮތީ ފުދިފައި. 

މުހައްމަދު ޝަހީބު

ޝަހީބު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ދުވަހެއް އެނގިލައްވާނީ ޖުޑިޝަރީއަށް އަށް ކަމަށާ, ސަރުކާރުން އެއަށް އަތް ނުބާނުއްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.