މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު-- ފޮޓޯ: ޔޫތު މިނިސްޓްރީ
ހަބަރު
28 Dec 2023 | 15:03
އާއަހަރު ފާހަގަ ކުރުމަށް "ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024" ބާއްވަނީ!

އާ އަހަރު ފާހަގަކުރުމަށް "ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ނަމުގައި ހަވާ އެރުވުމާއި ލޭޒާ ޝޯއާއެކު، މިއުޒިކް ފެސްޓިވަލެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ނިންމައިފި އެވެ.

މިފަދައިން އެމިނިސްޓްރީން ނިންމިކަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވަނީ ވިދާޅުވެފައެވެ.

އެބޭފުޅާ ވިދާޅުވީ އާ އަހަރު ފާހަގަކުރުމަށް މިއުޒިކް ޝޯ ބޭއްވުމަކީ އަބަދުވެސް ކުރަމުން އަންނަކަމެއް ކަމަށެވެ. އެގޮތުން، މި ފަހަރު އާ އަހަރު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ބާއްވާނީ "ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ނަމުގައި ކަމަށެވެ. މި ފެސްޓިވަލަކީ ދެ ޖިންސުގެ ޒުވާނުންނާއި ކުޑަކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް އިންތިޒާމު ކުރެވިގެންދާނެ ފެސްޓިވަލެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެރޭ ބޭއްވުމަށް ހަމަ ޖެހިފައިވާ މިއުޒިކް ފެސްޓިވަލް ހާއްސަ ކުރާނީ ދިވެހި ފަންނާނުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހި އާޓީސްޓުންނަށް ރައީސް ވަރަށް އިސްކަން ދެއްވާ، އެންމެ ބޮޑު އަމާޒަކަށް ވެގެން މި ދިޔައީ އަޅުގަނޑުމެން މި ސަރުކާރުން ބާއްވާ ފުރަތަމަ ފެސްޓިވަލް ދިވެހި ފަންނާނުންނަށް ހާއްސަ ފެސްޓިވަލަކަށް ހެދުމަށް، މި ފެސްޓިވަލްގެ ހަރަކާތްތަކަށް އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވަން"

މިނިސްޓަރު ވިދާޅުވި އެވެ.

މި ޝޯ އަކީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ބާއްވާ ފުރަތަމަ އިވެންޓެވެ.

މީގެ އިތުރުންވެސް މި މަހުގެ 31 ވަނަ ދުވަހު އަހަރު ނިމުން ފާހަގަކުރުމަށް ކުޑަކުދިންނަށް އަމާޒުކޮށް ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ޔޫތު މިނިސްޓްރީން ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
ދަރިވަރުން ސުކޫލަށް ނުދާ މައްސަލާގައި ފިޔަވަޅު އަޅަން އަންގައިފިން
އެއްވެސް ސަބަބަކާ ނުލައި ސުކޫލަށް ނުގޮސް ކުއްޖަކު ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، އެކަމަށް މިނިސްޓްރީން ފިޔަވަޅު އަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ނިމުނު ހަފްތާގައި މާލޭ ސުކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި އެކަމާ ގުޅިގެން ވާހަކަދެއްކެވި ކަމަށާ، އެ މައްސަލާގައި ފިޔަވަޅު އެޅުމަށް އަންގަވާފައި ވާނެ ކަމަށް ވިދާޅުވިއެވެ.
07 Jul 2026
މަސްތުވާތަކެތީގެ ސަބަބުން ޖީލުތަކެއްގެ ކުރިމަގު ވަނީ ބަނަވެފައި
މަސްތުވާތަކެތީގެ ވަބާގެ ސަބަބުން ރާއްޖޭގެ އެތައް ޖީލެއްގެ ކުރިމަގު ބަނަވެފައިވާ ކަމަށާއި، އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ފުލުހުންގެ މުއައްސަސާގެ އެންމެ އިސް އަމާޒު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
07 Jul 2026
ފުލުހުންނަށް، 24،000 ޑޮލަރުގެ ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފި
ގާތްގަނޑަކަށް 24,000 އެމެރިކާ ޑޮލަރު (370,080 ދިވެހި ރުފިޔާ) ގެ އަގުހުރި މި އެހީގެ ދަށުން ފުލުހުންނަށް 150 "ފީލްޑް ޓެސްޓިންގ ކިޓް" ވަނީ ހަވާލުކޮށްފައެވެ.
07 Jul 2026
ޕެރަގުއޭގެ ސެނެޓަރަކު ކުރި ނަސްލީ ފުރައްސާރައަށް އެމްބާޕޭ ވަރުގަދަ ރައްދެއް
އެމްބާޕޭ ބުނެފައިވަނީ އަމަރިއްލާއަކީ އެ މަޤާމަށް ކުފޫހަމަނުވާ، ދަށުދަރަޖައިގެ އަންހެނެއް ކަމަށެވެ. އަދި އޭނާއަކީ ޕެރަގުއޭ ތަމްސީލުކުރާ މީހެއް ނޫން ކަމަށާއި، އޭނާގެ މި ނާތަހުޒީބު ޢަމަލުގެ ސަބަބުން ޕެރަގުއޭގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ މަތިން ދުނިޔެ ހަނދާން ނެތި، ޤައުމުގެ އަގު ވެއްޓިފައިވާ ކަމަށް އެމްބާޕޭ ފާހަގަކުރިއެވެ. އެމްބާޕޭ އިތުރަށް ބުނީ، ދުނިޔޭގައި ނަފްރަތާއި ނަސްލީ ތަފާތުކުރުން ފެތުރުމުގެ ފުރުޞަތު މިފަދަ މީހުންނަށް ނުދޭނެ ކަމަށެވެ.
07 Jul 2026
މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމަށް މަސައްކަތްކުރި މީހާއަށް ނާދިރު ބައްޔެއް; އިބްރަތަކަށް ފުދޭ
ދިގު އުމުރަކަށް އެދި އަދި މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމުގެ އުއްމީދުގައި، އޭނާގެ ސިއްހަތަށްޓަކައި މިލިއަނުން ހަރަދުކުރަމުންދާ މަޝްހޫރު ބްރަޔަން ޖޯންސަންގެ ވާހަކައަށް މުޅި ދުނިޔޭގެ ސަމާލުކަމަށް ހުއްޓިފައި ވާތާ އަހަރުތަކެއްވީ އެވެ.
07 Jul 2026
ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަރލްޑްކަޕް ނިމިއްޖެ
ވަރލްޑްކަޕް ކުއާޓާ ފައިނަލުގައި އަންނަ ހުކުރު ދުވަހު ސްޕެއިން ބައްދަލުކުރާނީ އެމެރިކާ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.