ފަލަސްތީނުގެ ދެމަފިރިން ކަމަށްވާ އީމާން އަދި އައްމާރް އެމީހުންގެ ކުދިންނާއި އެކު. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
28 Dec 2023 | 16:40
ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ މަންމައެއް އެއްމާބަނޑު ހަތަރު ކުދިން ވިހައިފި

ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ މަންމައެއް އެއްމާބަނޑު ހަތަރު ކުދިން ވިހައިފިއެވެ.

ފަލަސްޠީނުގެ އީމަން އަލް މަސްރީ އޭނާގެ ހަތަރު ކުދިން ވިހައިފައިވަނީ އޭނާގެ ގެއާއި އެތައް މޭލެއްގެ ދުރުގައިވާ ޣައްޒާގެ ދެކުނުގެ ސަރަހައްދުގެ ހޮސްޕިޓަލެއްގައެވެ. އީމާން އަކީ ފަލަސްތީނުގެ ޣައްޒާގެ އުތުރަށް ނިސްބަތްވާ ޒުވާން އަންހެނެކެވެ.

އޮކްޓޫބަރު މަހުގެ މެދެއްހާ ހިސާބުގައި އީމާން އޭނާގެ އަނެއް ތިން ކުދިންނާއި ފިރިމީހާ ޢައްމާރް އާއި އެކު ބައިތް ހަނޫންގައި ހުންނަ އޭނާގެ ގެ ދޫކޮށް ޣައްޒާގެ ދުކުނަށް ހިޖުރަ ކޮށްފައިވަނީ ފައިމަގުގައެއެވެ.

ފައިމަގުގައި އެ އާއިލާއިން ފަސް ކިލޯމީޓަރު ހުރަސްކޮށް މިހާރު ދިރިއުޅެމުންދަނީ ޖަބަލިއްޔާ ރެފިޔުޖީ ކޭމްޕްގައެވެ. އެދިގު ދަތުރު ކުރިއިރު އޭނާގެ ބަނޑަށް ހަމަހެވެ.

“އެއީ ވަރަށް ދިގު ދަތުުރެއް، އެދަތުރުގެ ސަބަބުން އަހަރެންގެ މާބަނޑު ހާލަތައްވެސް އަސަރު ކުރި” 28 އަހަރުގެ އީމާން އަލްކަޒީރާ އަށް ބުނެފައިވެއެވެ.

އީމާން އޭނާގެ އެއްމާބަނޑު ހަތަރު ކުދިން ވިހައިފައިވަނީ ސީ ސެކްޝަން ހަދައިގެނެވެ. އޭގެ ތެރޭގައި ހިމެނެނީ 2 އަންހެންކުދިން ކަމަށްވާ ޓިއާ އަދި ލީން އާއި 2 ފިރިހެން ކުދިން ކަމަށްވާ ޔައްސިރް އަދި މުޙައްމަދެވެ.

އީމާންގެ އެއްމާބަނޑު ހަތަރު ކުދިންގެ ތެރެއިން 3 ކުދިން. ފޮޓޯ: އަލްޖަޒީރާ

ސީ ސެކްޝަނަށްފަހު މާ ގިނަ އިރުތަކެއް ނުވަނިސް ކުދިންނާއި އެކުގައި ހޮސްޕިޓަލް ދޫކޮށް ދިޔުމަށް އީމާން އަށް އެންގިއެވެ. އެއީ ހަނގުރާމައިގައި ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމަށް ޖާގަ ހޯދުމަށެވެ.

ނަަމެވެސް ހަތަރު ކުދިންގެ ތެރެއިން ގެއަށް ގެންދަން ލިބުނީ 3 ކުދިންނެވެ. ވިހެއިރުވެސް ޙާލު ދެރަކޮށް އޮތް މުޙައްމަދު ޖެހުނީ ހޮސްޕިޓަލުގެ ނާސަރީގައި ބާއްވާށެވެ.

މިހާރު އީމާން އާއި ޢައްމާރް އަދި އޭނާގެ 6 ކުދިން ދިރިއުޅެމުންދަނީ މިހާރު ރެފިޔުޖީ ކޭމްޕެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސްކޫލެއްގެ ކްލާސް ރޫމެއްގެ ތެރޭގައި އެމީހުންގެ ޢާއިލާގެ އިތުރު 50 މީހަކާއި އެކުއެވެ.

ހޮސްޕިޓަލްގެ ނާސަރީގައި ފަރުވާ ހޯދަމުންދާ މުޙައްމަދުގެ ވާހަކަ ކިޔައިދެމުން އީމާން ބުނެފައިވަނީ ވިހެއިރުވެސް މުޙައްމަދުގެ ގައިގަ ހުރީ އެންމެ ކިލޯއެއް ކަމަށެވެ. އަދި އެކުއްޖާ ސަލާމަތް ނުވިކަމަށް އީމާން ވަނީ އަލްޖަޒީރާ އަށް ބުނެފައެވެ.

“އަހަރެން ގެ ދޫކޮށް ނުކުތް އިރު ގެނައީ ހަމަ އެކަނި ހޫނު މޫސުމަށް ކުދިންނަށް ބޭނުން ކުރާނެ ހެދުން ކޮޅެއް، އުއްމީދު ކުރީ ހަނގުރާމަ ދެމިގެން ދާނީ ހަފްތާ އެއް ނޫނީ ދެހަފްތާ އަށް ކަމަށް، އޭގެ ފަހުން އަހަރެމެންނަށް އަހަރެމެންގެ ގެއަށް ދެވޭނެ ކަމަށް އުންމީދު ކުރީ” 

އީމާން އަލް މައްސިރް

ހަނގުރާމަ އަށް 11 ހަފްތާ ވެގެން ގޮސްފައިވާ އިރު އީމާންގެ އުންމީދު ވަނީ ފަނޑުވާން ފަށައިފައެވެ.

އީމާންގެ ފިރިމީހާ ޢައްމާރް އަލްޖަޒީރާ އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާގެ ޢާއިލާގެ ޒަރޫރަތް ތައް ފުއްދައި ނުދެވޭތީ އޭނާއަށް އަރައި ނުގަނެވޭނެ ހިތާމަތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

“އުންމީދެއް ނެތް ކަމުގެ އިޙްސާސް މިހާރު ކުރެވެނީ، އަހަރެންގެ ކުދިންނަށް ޓަކައި އަހަރެން ބިރުގަނޭ، އެކުދިން ރައްކާކުރާނެ ގޮތެއް އަހަންނަކަށް ނޭނގެ، މުޅިދުވަސް މިހާރު މިހޭދަކުރަނީ ބޭރުގަ، ކާއެއްޗެއް ހޯދުމުގަ” ޢައްމާރް ބުނެފައިވެއެވެ.

ޢައްމާރް އިތުރަށް ބުނެފައިވަނީ އޭނާގެ ދަރިފުޅު ޓިއާ ދުނިޔެއަށް އުފަން އޮތީ ރީނދޫ ވެފައިކަމަށެވެ. އެހެންކަމުން އެކުއްޖާއަށް މަންމަގެ ގާތުން ދޭ ކިރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.

އެކަމަށްޓައި އެކުދިންގެ މަންމައަށް ފައިދާހުރި ކާނާ ބޭނުންވާ ކަމަށާއި ކުދިންނަށް ކިރާއި ނެޕީ އިންތިހާއަށް ބޭނުން ވެފައިވާއިރު އޭގެން އެއްވެސް އެއްޗެއް ހޯދައިދެވެން ނެތް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ