އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ: ވޮއިސް
ހަބަރު
28 Dec 2023 | 23:41
މިހާރު އެހާވަރަކަށް ތި ރުހުން ހޯދާކަށް ނޫޅެން: އަބްދުއްރަހީމް

މިހާރު ކޮންމެހެން ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުން ރުހުންދޭތޯ ނޫޅުއްވާކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާ ޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ދިވެހީންގެ ރާއްޖެ ފެށުން" ނަމުގައި ދަރުބާރުގޭގައި މިރޭ ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ އަބްދުއްރަހީމް ވިދާޅުވީ ރުހުން ނުދީގެން އެކަމާއި ކަންބޮޑު ނުވާކަމަށާއި އަމާޒަކީ ރައްޔިތުންނާއި އެކުގައި ކުރިއަށް ދިޔުން ކަމަށެވެ.

"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުމީ އަޅުގަނޑުމެން މިހާރު ތިޔަ ރުހުން ހޯދާކަށް ނުވެސް އުޅެމު. ރުހުން ދެންޏާ ދޭންވީ. ނުދެންޏާ ނުދެއްވާ ތިއްބަވަންވީ. "

އަބްދުއްރަހީމް ވިދާޅުވިއެވެ.

އެބޭފުޅާ ވިދާޅުވީ ރުހުން ނުދީފި ނަމަ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށައަޅައިގެން ވަޒީރަކު މަގާމުން ބޭރު ނުކުރެވޭނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިވާ ބާރުގެ ދަށުން އެ މަގާމަކަށް އައްޔަނު ކޮށްފައި ތިއްބެވި ކޮންމެ ބޭފުޅަކަށް ވެސް ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ފެހި ގާނޫނު އަސާސީގެ ޑިމޮކްރަސީ ވެރިކަން ފެށުނީއްސުރެ 2008، 2013 އަދި 2018 ވަނަ އަހަރުވެސް އިންތިހާބު ނިމި ރައްޔިތުން ހޮވާ ރައީސަކު އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލައި ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި ނަމަވެސް މިއަދު މި އޮތް އެމްޑީޕީއަށް އެކަން ހަޖަމް ނުވެ ބަލައިނުގަތް ކަމަށެވެ.

މީގެ އިތުރުންވެސް އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރަސީ ދިވެހި ރާއްޖެއަށް ތައާރަފް ކުރީ ތިމަންނަމެންނޭ ބުނެ ވަކާލާތު ކުރަމުން އަންނަ މީހުން ދައްކައި ދިނީ އެއީ ޑިމޮކްރަސީ ދަންނަ ބައެއް ނޫން ކަމަށެވެ. އަދި ފެހި ގާނޫނު އަސާސީ ގެ ދަށުން އުފެދިގެން އައި ކޮންމެ ސަރުކާރެއް އުފެދިގެން އައިސް ރައީސުލްޖުމްހޫރިއްޔާ އަކު ރައްޔިތުން އިންތިހާބު ކުރުމުން ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލައި ރުހުން ހޯދަން މަޖިލީހަށް ފޮނުވުމުން ރުހުން ނުދޭ ބަޔަކު އެއީ ޑިމޮކްރަސީ ދަންނަ ބައެކޭ ބުނެ ވަކާލާތު ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޑިމޮކްރަސީ ދަސްކުރާ ކަމަށް ވަންޏާ ޕީޕީއެމް/ ޕީއެންސީ ހިނގާ މަގުން ހިނގާށޭ. ދިވެހި ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީ އުސޫލުން ވެރިކަން ކުރަމުން އަންނަ ޕާޓީ އަކީ ޕީޕީއެމާއި ޕީއެންސީ. އަޅުގަނޑުމެން މިދަނީ މިކަން އަޅުގަނޑުމެންގެ ކޮންމެ އިންތިހާބެއްގައި ދައްކާދެމުން. އަޅުގަނޑުމެންނާ ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާއި ކުރިމަތި ލަމުން މިދަނީ ޑިމޮކްރަސީގެ ރިވެތި އުސޫލުން."

އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒުގެ ކެބިނެޓަށް އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭތީ ގިނަ ފަރާތްތަކަކުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާވެސް ރުހުން ދިނުން ނުހިމަނާ އެޖެންޑާ ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެދިލައްވާނަމަ، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަވައިގެން ނަމަވެސް،  ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.