ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
29 Dec 2023 | 08:06
"ވޯޓަށް ދެތިން މަހަށް ވީމަ ޖައްރާފާ އެއް ހިފައިގެން ހިއްކާ މީހަކަށް ވާކަށް ބޭނުމެއްނޫން"

ވޯޓަށް ދެތިން މަހަށް ވީމަ ޖައްރާފާ އެއް ހިފައިގެން ގޮސް ހިއްކާ މީހަކަށް ވާކަށް ބޭނުންފުޅު ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙަައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

"ދިވެހީންގެ ރާއްޖެ ފެށުން" ނަމުގައި ދަރުބާރުގޭގައި މިރޭ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ  ރައްޔިތުނަށް އެންމެ މުހިންމީ ގެދޮރުވެރިކަން ކަމަށާއި އެކަން ހައްލު ކުރުމަށްޓަކައި  ވޯޓަށް ދެތިން މަހަށް ވީމަ ޖައްރާފާއެއް ހިފައިން ގޮސް ހިއްކާ މީހަކަށް ވާން ބޭނުންފުޅު ނުވާކަމަށާއި ބޭނުންފުޅު ވަނީ އެންމެ ފުރަތަމަ ދުވަހު އެކަން ކުރަން ކަމަށެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ ރައްޔިތުނަށް އިޚުލާސްތެރި ވުމަކީ އަމަލާއި ބަހުން އިޚުލާސްތެރިވުން ކަމަށާއި ކެމްޕޭންގައި ގައުމީ މައްސަލަތައް ނަގާފަ ދިވެހި ގައުމުގައި އެންމެ ބޮޑީ ގެދޮރުގެ މައްސަލަ ކަމަށް ތަކުރާރުކޮށް ދެންނެވި ކަމަށެވެ. އެހެންކަމުން އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބޭރު ސިފައިން ގެންދިޔުމުގެ މަސައްކަތް ވެސް ފަށާފައިވާކަމަށާއި ދެން އެންމެ ބޮޑު މައްސަލަ ކަމުގައިވާ ގެދޮރުގެ މައްސަލައިގައި އެއްމަސް ވެސް ހަމަ ނުވަނީސް ބިން އެއޮތީ ހިއްކަން ފަށާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" ރައްޔިތުނަށް ޓަކައި ތިމާމެންނަށް މާބޮޑު ކަމެއް އިޚްލާސްތެރި ކަމާއި އެކު ނުކޮށްދެވުނީމާ، ރައްޔިތުން ގޮތެއް ނިންމީމާ، ދެން ކަންކަން އޮޅުވާލަން އުޅުމަކީ ވަރަށް ދެރަ ކަމެއް. އޮޅުވާލާއިރު ވެސް ޒައްރެއްގެ މިންވަރުވެސް ތެދެއް ނެތް. ދޮގު ހަދައިގެން، ދޮގުގެ މައްޗަށް ދޮގު. އެއަށް ކިޔަނީ ބުހުތާނު ދޮގު ކަންނޭގެ. ދޮގު ހެދުމަކީ ކޮން ގޮތަކުން ރައްޔިތުން ބަލައިގަންނާނެ ކަމެއް ބާވައޭ އަޅުގަނޑު ހިތަށް އަރަނީ. "

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކެމްޕޭން ލޯންޗު ކުރި ދުވަހުން ފަށައިގެން މިހާތަނަށް ދެއްކި ވާކަތަކުގައި ވިދާޅުވި ފަދައިން ރާއްޖޭގެ އުތުރާއި ދެކުނުގައި ގެދޮރުވެރިކަމާއި، ހުރިހާ ކަމެއް ފުދޭ ފެންވަރަށް އެސަހައްދުގައި ޑިވެލޮޕްމެންޓް ޒޯންއެއް ތަރައްގީ ކުރުމަށް ނިންމަވާފައި ވާކަމަށެވެ. އަދި މީގެ އިތުރުން ކަނޑައެޅޭ ވަކި 7 ރަށެއް ތަރައްގީ ކުރެވިފައިވާ މަތީ ފަންތީގެ އާބަން ސެންޓާރ ތަކަށް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ.

ޕްލޭނާއި އެއްގޮތަށް ހުރިހާ ސަރަހައްދެއް، އެއްވެސް ރައްޔިތެއް ،އެއްވެސް ރަށެއް ތަފާތު ނުކޮށް ތަރައްގީ ކުރައްވާނެ ކަމަށާއި މާލެ ސަރަހައްދު އެކަނި ތަރައްގީކޮށް، މި ސަރުކާރުން އުޅެނީ ހުރިހާ އެންމެން މާލެ ސަރަހައްދަށް ތޮއްޖަންސަންށޭ ބުނެ ދައްކަމުން ދަނީ އެއްވެސް ވަރެއްގެ ތެދެއް ނެތް ވާހަކައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.