ފާރުވެއްޓި އަނިޔާވި މީހުނަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރު ކޮށްދެނީ-- ފޮޓޯ: އެމްއެންޑީއެފް
ހަބަރު
29 Dec 2023 | 13:01
ފާރެއްވެއްޓި، ދަތުރުގޮސް އުޅުނުބަޔަކަށް އަނިޔާވެއްޖެ

ފާރެއްވެއްޓި، ދަތުރުގޮސް އުޅުނު ބަޔަކަށް އަނިޔާވެފައިވާތީ  އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ ޅ.ދިއްފުށިމާދޫއަށް ދަތުރު ގޮސް އުޅުނު 57 އަހަރުގެ އަންހެނަކަށާއި، 27 އަހަރުގެ ފިރިހެން މީހަކަށް ކަމަށެވެ.

އަދި އެމީހުން އިތުރުފަރުވާއަށް ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުނީ ފަތިހު 05:19 ހާއިރު ކަމަށާއި، ރިޕޯޓު ލިބުމާއި އެކު ވަގުތުން ހަރަކާތްތެރިވާން ފަށާފައި ވާކަމަށް އެމްއެންޑިއެފުން ވަނީ ބުނެފައެވެ.

މިގޮތުން، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ "ހާބަރކްރާފްޓް 116" ގައި 06:47 ހާއިރު އެ ސަރަހަހައްދަށް ގޮސް، މިއަދު 08:00 ހާއިރު އެ ހާދިސާގައި އަނިޔާ ލުބުނު ދެމީހުން ވަނީ އަވަސް ފަރުވާއަށް ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ބުނެފައިވެއެވެ.

އެމީހުނަށް ލިބުނު އަނިޔާގެ ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
ފުންފަޅު ގޭގެ އަލިފާނުގެ ހާދިސާގައި 109 މީހުންނަށް އަސަރުކުރި
މާލޭގެ ގ. ފުންފަޅު ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ 109 މީހަކަށް އެކިވަރުގެ އަސަރުކޮށްފައިވާ ކަމަށާއި، އެމީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95,000 (ނުވަދިހަ ފަސްހާސް) ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
07 Jul 2026
ދަރިވަރުން ސުކޫލަށް ނުދާ މައްސަލާގައި ފިޔަވަޅު އަޅަން އަންގައިފިން
އެއްވެސް ސަބަބަކާ ނުލައި ސުކޫލަށް ނުގޮސް ކުއްޖަކު ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، އެކަމަށް މިނިސްޓްރީން ފިޔަވަޅު އަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ނިމުނު ހަފްތާގައި މާލޭ ސުކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި އެކަމާ ގުޅިގެން ވާހަކަދެއްކެވި ކަމަށާ، އެ މައްސަލާގައި ފިޔަވަޅު އެޅުމަށް އަންގަވާފައި ވާނެ ކަމަށް ވިދާޅުވިއެވެ.
07 Jul 2026
މަސްތުވާތަކެތީގެ ސަބަބުން ޖީލުތަކެއްގެ ކުރިމަގު ވަނީ ބަނަވެފައި
މަސްތުވާތަކެތީގެ ވަބާގެ ސަބަބުން ރާއްޖޭގެ އެތައް ޖީލެއްގެ ކުރިމަގު ބަނަވެފައިވާ ކަމަށާއި، އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ފުލުހުންގެ މުއައްސަސާގެ އެންމެ އިސް އަމާޒު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
07 Jul 2026
ފުލުހުންނަށް، 24،000 ޑޮލަރުގެ ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފި
ގާތްގަނޑަކަށް 24,000 އެމެރިކާ ޑޮލަރު (370,080 ދިވެހި ރުފިޔާ) ގެ އަގުހުރި މި އެހީގެ ދަށުން ފުލުހުންނަށް 150 "ފީލްޑް ޓެސްޓިންގ ކިޓް" ވަނީ ހަވާލުކޮށްފައެވެ.
07 Jul 2026
ޕެރަގުއޭގެ ސެނެޓަރަކު ކުރި ނަސްލީ ފުރައްސާރައަށް އެމްބާޕޭ ވަރުގަދަ ރައްދެއް
އެމްބާޕޭ ބުނެފައިވަނީ އަމަރިއްލާއަކީ އެ މަޤާމަށް ކުފޫހަމަނުވާ، ދަށުދަރަޖައިގެ އަންހެނެއް ކަމަށެވެ. އަދި އޭނާއަކީ ޕެރަގުއޭ ތަމްސީލުކުރާ މީހެއް ނޫން ކަމަށާއި، އޭނާގެ މި ނާތަހުޒީބު ޢަމަލުގެ ސަބަބުން ޕެރަގުއޭގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ މަތިން ދުނިޔެ ހަނދާން ނެތި، ޤައުމުގެ އަގު ވެއްޓިފައިވާ ކަމަށް އެމްބާޕޭ ފާހަގަކުރިއެވެ. އެމްބާޕޭ އިތުރަށް ބުނީ، ދުނިޔޭގައި ނަފްރަތާއި ނަސްލީ ތަފާތުކުރުން ފެތުރުމުގެ ފުރުޞަތު މިފަދަ މީހުންނަށް ނުދޭނެ ކަމަށެވެ.
07 Jul 2026
މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމަށް މަސައްކަތްކުރި މީހާއަށް ނާދިރު ބައްޔެއް; އިބްރަތަކަށް ފުދޭ
ދިގު އުމުރަކަށް އެދި އަދި މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމުގެ އުއްމީދުގައި، އޭނާގެ ސިއްހަތަށްޓަކައި މިލިއަނުން ހަރަދުކުރަމުންދާ މަޝްހޫރު ބްރަޔަން ޖޯންސަންގެ ވާހަކައަށް މުޅި ދުނިޔޭގެ ސަމާލުކަމަށް ހުއްޓިފައި ވާތާ އަހަރުތަކެއްވީ އެވެ.
07 Jul 2026
ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަރލްޑްކަޕް ނިމިއްޖެ
ވަރލްޑްކަޕް ކުއާޓާ ފައިނަލުގައި އަންނަ ހުކުރު ދުވަހު ސްޕެއިން ބައްދަލުކުރާނީ އެމެރިކާ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.