ޢަލީ ރަމީޒު-- ދާރިސް ޓީވީ
ހަބަރު
29 Dec 2023 | 13:25
ފަލަސްތީނުގެ މުސްލިމުން ގަތުލު ކުރަމުންދާއިރު، އާ އަހަރު ފާހަގަކޮށް، އުފާ ފާޅުކުރުމަކީ ލަދުވެތި ކަމެއް: ޢަލީ

ފަލަސްތީނުގައި ކޮންމެ ދުވަހަކު މުސްލިމުން ގަތުލު ކުރަމުންދާއިރު، އާ އަހަރު ފާހަގަކޮށް، އުފާ ފާޅުކުރުމަކީ ލަދުވެތި ކަމެއް ކަމަށް ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވެއްޖެ އެވެ. 

އެހެން އަހަރުތައް ފަދައިން މި އަހަރުވެސް އައު އަހަރު ފާހަގަކުރުމަށް "ދިވެހިންގެ ރާއްޖެ ފެސްޓިވަލް" ނަމުގައި ބޮޑު ފެސްޓިވަލެއް ބާއްވައި، މިޔުޒިކު ޝޯވް ބާއްވައި، ހަވާ އަރުވައި އެކި ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމާއި ނުރުހުން ފާޅުކުރައްވައި އެކްސްގައި ޢަލީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ދަނޑިވަޅަކީ ފަލަސްތީނުގައި ކޮންމެ ދުވަހަކު މުސްލިމުންގެ އެތައް ބަޔަކު ގަތުލު ކުރެވެމުންދާ ހިތާމަވެރި ވަގުތެއް ކަމަށެވެ. 

އަދި މިފަދަ ހިތާމަވެރި ވަގުތެއްގައި އާ އަހަރު ފާހަގަކުރުމުގެ ނަމުގައި މިޔުޒިކް ޝޯވް ބާއްވައި ނާޗަރަންގީ ކުޅެ، އުފާ ފާޅުކުރުމަކީ ވަރަށް ދެރަ އަދި ލަދުވެތި ކަމެއް ކަމަށް ޢަލީ ވިދާޅުވި އެވެ. 

މިއާއެކު ޢަލީ ވަނީ، އެކަންކަން ހުއްޓާލުމަށް ގޮވާލާފައެވެ. 

ޢަލީ ރަމީޒުގެ އިތުރުން، ދީނީ ގިނަ ޢިލްމުވެރިންތަކެއް އަންނަނީ އައު އަހަރު ފާހަގަކުރަން މިޔުޒިކް ޝޯވް ބާއްވާތީ ނުރުހުން ފާޅުކުރައްވަމުންނެވެ.

ޚާއްސަކޮށް ފަލސްތީނުގައި ޔާހޫދީން ހިންގަމުންދާ ގަތުލު އާއްމުތަކަށް ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސްވެ، ޝަހީދުވި މީހުންގެ އަދަދު 21،000 އަށް އަރާފައި ވާއިރު، މިއީ އުފާފާޅުކުރުން މުނާސަބު ދަނޑިވަޅެއް ނޫން ކަމަށް ޢިލްމުވެރިން އަންނަނީ ބުނަމުންނެވެ. 

މީގެކުރިންވެސް ސަރުކާރުން އައު އަހަރާއި ދިމާކޮށް، މިފަދައިން މިޔުޒިކު ފެސްޓިވަލްތައް ބާއްވާތީ ޢިލްމުވެރިން ވަނީ، އިސްލާމްދީނުގައި މިޔުޒިކާއި ގުޅިގެން އައިސްފައިވާ ހުކުމް ހާމަ ކުރައްވައިދީ އެކަން ކަމުން ދުރުހެލި ވުމަށް ނަސޭހަތްތެރިވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ