މިއަދު އައި ބިނެ ހެލުން ތަކުގެ ތެރެއިން އެންމެ ބާރުގަދަ ބިންހެލުން-- ފޮޓޯ: މެޓް
ހަބަރު
29 Dec 2023 | 15:03
އައްޑޫ ސިޓީއާ 900 ކިލޯ މީޓަރު ދުރުން 4 ބިންހެލުމެއް!

އައްޑޫ ސިޓީއާ 900 ކިލޯ މީޓަރު ދުރުން 4 ބިންހެލުމެއް އަތުވެެއްޖެއެވެ.

މޫސުމާ ބެހޭ އިދާރާއިން މިކަމާ ގުޅިގެން ބުނީ ރޭ މެންދަމުން ފެށިގެން ހެދުނާއި ދޭތެރޭ، ކާލްސްބާގް/ މިޑް އިންޑިއަން ރިޖަށް 4 ބިންހެލުން އައިސްފައިވާކަމަށެވެ. މިއީ އައްޑޫ ސިޓީ އާއި 900 ކިލޯމީޓަރު ދުރުން އައި ބިންހެލުން ތަކެކެވެ.

މީގެ ތެރެއިން އެންމެ ބާރުގަދައީ 5.5 މެގްނިޓިއުޑުގައި އައި ބިންހެލުން ކަމަށް އެ އިދާރާއިން ބުނެއެވެ.

އެހެންނަމަވެސް މި ބިންހެލުންތަކުގެ އަސަރެއް ރާއްޖެއަށް ނުކުރާ ކަމަށާއި، އަދި ބިންހެލުންތަކާއި ގުޅިގެން، ސުނާމީގެ އަސަރު ވެސް ނުކުރާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

އެމެރިކާގެ ޖިއޯލޮޖިކަލް ސަރވޭއިން ބުނެފައިވަނީ މިޑް އިންޑިއަން ރިޖަށް 4.8 މެގްނިޓިއުޑްގައި ފުރަތަމަ ބިންހެލުން އައިސްފައި ވަނީ  ދަންވަރު 3:37 ހާއިރު ކަމަށާއި، 5.2 މެގްނިޓިއުޑްގައި ދެވަނަ ބިންހެލުން އައީ ފަތިހު 5:38 ގައި ކަމަށެވެ.

މީގެ އިތުރުން ވެސް ޖިއޯލޮޖިކަލް ސަރވޭއިން ބުނީ 6:18 ގައި ތިންވަނަ ބިންހެލުން އައި ކަމަށާއި އެ ބިންހެލުން އައީ 5.7 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށެވެ. އަދި ހަތަރުވަނަ ބިންހެލުމެއް އައީ ހެނދުނު 7:38 ގައި ކަމަށާއި، އެ ބިންހެލުމުގެ 5 މެގްނިޓިއުޑް ގެ ބާރު ހުރި ކަމަަށެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގެ ސަރަހައްދަށް މި ފަދަ ބިންހެލުންތައް އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.