ޕާކިސްތާނުގެ ބޮޑު ވަޒީރު ކަކަރް ޕަލަސްތީނުގެ ރައީސް މަޙްމޫދުލް ޢައްބާސް --
ދުނިޔެ
29 Dec 2023 | 17:21
ފަލަސްތީނުގައި ގަތުލުޢާއްމު ކުރިއަށްދާތީ ޕާކިސްތާނުގައި އާ އަހަރު ފާހަގަކުރުން މަނާކޮށްފި!

ފަލަސްތީނުގެ ޣައްޒާގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހިންގަމުންދާ ޤަތުލު ޢާއްމު ހުއްޓުމެއް ނެތި ކުރިއަށްދާތީ، އެގައުމުގެ މުސްލިމުންގެ ހައްގުގައި، ޕާކިސްތާނުގައި ކުލަގަދަކޮށް އާ އަހަރު ފާހަގަކުރުން މަނާކޮށްފިއެވެ. 

މިކަން އަންގައި އިއުލާން ކުރީ އެ ގައުމުގެ ބޮޑު ވަޒީރު، އަންވާރު-އަލް-ހަޤް ކަކަރް އިއްޔެ މީޑިއާ މެދުވެރިކޮށް އެކަމާއި ގުޅޭގޮތުން ގައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. 

ކަކަރް ގެ ވާހަކައިގައި އެމަނިކުފާނު ވަނީ، ޔަހޫދީން ހިންގަމުންދާ ޤަތުލު ޢާއްމު ކުށްވެރި ކުރައްވާފައެވެ. އަދި ގަތުލު އާއްމު ވަގުތުން ވަގުތަށް ހުއްޓާލުމަށްވެސް ކަކަރް ވަނީ ގޮވާލާފައެވެ. 

"ފަލަސްތީނުގެ މިހާރުގެ ނާޒުކު ހާލަތަށް ރިއާޔަތްކޮށް، އަދި އެގަމުގައި އަނިޔާ ލިބެމުންދާ އަހަރެމެންގެ މުސްލިމު އަޚުންނާއި އުޚުތުންގެ ހައްގުގައި، އެމީހުންނާއި އެކު ތިބިކަން އެންގުމަށް، އާ އަހަރު ފާހަގަ ކުރުމަށް ބާއްވާ އެއްވެސް ހަރަކާތެއްގައި ޕާކިސްތާން ސަރުކާރުން ބައިވެރިއެއް ނުވާނެ." ކަކަރް ވިދާޅުވި އެވެ. 

މިއާއެކު ކަކަރް ވަނީ ޕާކިސްތާންގެ ރައްޔިތުންގެ އަރިހުންވެސް، އާ އަހަރު ފާހަގަކުރަން ބޭނުންވާ ނަމަ، ވޭހާވެސް ކުޑަ ގޮތަކަށް އެކަން ކުރުމަށް އެދިލައްވާފައެވެ.  

އިތުރަށް ވާހަކަ ދައްކަވަމުން ކަކަރް ވަނީ ޕާކިސްތާނުގެ އެހީގެ ދެ ގާފިލާ މިހާރުވެސް ފަލަސްތީނަށް ފޮނުވިފައިވާ ކަން ފާހަގަކުރައްވައި އިތުރު އެހީ ފޮނުވަން މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ. 

އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލު ޢާއްމު ތަކާއި ގުޅިގެން މިހާތަނަށް 21,000 އަށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާއި ތުއްތު ކުދިންކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.