ޝަހީދުވެފައިވާ މީހުންގެ ހަށިތައް އުފުލަނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
30 Dec 2023 | 10:24
ޣައްޒާގެ ޝަހީދުންގެ ޢަދަދު 21،000 މައްޗަށް އަރައިފި

އިޒްރާއިލުން ފަލަސްތީނުގެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ ޢަދަދު 21،507 އަކަށް އަރައިފިއެވެ.

އޮކްޓޫބަރު 7 2023 ގައި ފެށުނު ހަމަލާތަކުގައި އިޒްރާއިލުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން ޝަހީދުވި ޝަހީދުންގެ ތެރޭގައި 8،800 ކުޑަކުދިންވެސް ހިމެނެއެވެ.

މީގެ އިތުރުން ޒަޚަމްވެފައިވާ މީހުންގެ ޢަދަދު ވަނީ 55،915 އަށް އަރައިގެން ގޮސްފައެވެ. އަދި 7000 މީހުން ވީނުވީ އެއް ނޭނގޭ ކަމަށް ވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

މީގެ އިތުުރުން ފަލަސްތީނުގެ ހުޅަނގުއައްސޭރީގައި 316 މީހަކު ޝަހީދު ވެފައިވާއިރު އޭގެ ތެރޭގައި 79 ކުޑަކުއްޖަކުވެސް ހިމެނެއެވެ.

އަދި ހުޅަނގު އައްސޭރީގައި 3800 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ޔޫއެންގެ ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ ބުރާސްފަތި ދުވަހާއި ހުކުުރުދުވަހުގެ ހަވީރާއި ހަމައަށް އިޒްރާއިލުން ޣައްޒާގެ 187 މީހަކު ޝަހީދު ކޮށްލައި 312 މީހަކު ޒަޚަމްކޮށްލައިފައިވާ ކަމަށެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ހާނީ މަޙްމޫދް އަލްޖަޒީރާއަށް ރިޕޯޓް ކޮށްފައިވާ ގޮތުން ޣައްޒާގެ ދެކުނުން އޮންނަ ރަފާހް ގެ މީހުން ދިރިއުޅޭ ސަރަހައްދަށް އިޒްރާއިލުން ވަމަގުން ދިން ހަމަލާއެއްގެ ސަބަބުން 20 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ހާނީ ބުނެފައިވަނީ ހަމަލާގެ އަމާޒުފަތްގަނޑަކަށް ވެފައިވަނީ ޙާލުގައި ޖެހި ގެދޮޮރު ގެއްލިފައިވާ ބައެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ