ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް: ފޮޓޯ: މަޖިލިސް
ހަބަރު
30 Dec 2023 | 13:22
އިންޑިޔާ ސަފީރާއި ބައްދަލުކުރެއްވި ވާހަކައަކީ ދޮގެއް: އެމްޑީޕީ ޕީޖީ ގްރޫޕް

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުން އިންޑިޔާގެ ސަފީރާއި ބައްދަލުކުރެއްވިކަމަށް ދެކެވޭ ވާހަކައަކީ ދޮގުވާހަކައެއްކަމުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލިހުގައި ކުރިއަށްދާ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހުސައިން ޝަހީމް ވިދާޅުވީ،  ޕާޓީގެ ފަރާތުން އިންޑިޔާގެ ސަފީރާއި ބައްދަލު ކުރެއްވިކަމަށް ބުނެ ރައީސް ޑރ މުހައްމަދު މުއިއްޒު ޕީއެންސީގެ "ފެށުން" ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަމަށާއި އެއީ ދޮގު މަސްދަރަކުން އެ މަނިކުފާނަށް ލިބިވަޑައިގެން މައުލޫމާތެއްކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާއަށް އެ މައުލޫމާތު ލިބިވަޑައިގެންފައި އޮތީ ގޯސްކޮށްކަމަށް، އެހެންވީމަ ރައީސުލްޖުމްހޫރިއްޔާއަށް އެ ވާހަކަ ވިދާޅުވެވުނީ ކުށް މައުލޫމާތެއްގެ މައްޗަށް

ހުސައިން ޝަހީމް 

އެގޮތުން ރައީސް ވިދާޅުވި ދުވަހު އެމްޑީޕީގެ މެމްބަރުންނާއި ފޯނުން ވަރަށް ގިނަ މުއާމަލާތުތަކެއް ކުރެވިފައިވާނެކަމަށާއި އެއީ އެ ޕާޓީގެ އެތެރޭގެ މަސައްކަތްތައް ކުރުމަށްޓަކައި ކަމުގައި ވިދާޅުވެ ހުސައިން ޝަހީމް ވިދާޅުވީ، އެދުވަހު އެ ޕާޓީގެ ފަރާތުން އޮފީހުގައި ބައްދަލުވުމެއްވެސް ކުރިއަށް ގެންދެވިފައިވާނެކަމަށެވެ. 

މިކަމާއި ގުޅިގެން އިތުރަށް ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، ނުބައި މަސްދަރުތަކުގެ މައްޗަށް މައުލޫމާތު ދިނުމަކީ ހަގީގަތުގައި ސަރުކާރެއް ވަރަށް ބޮޑަށް ބަލިކަށިވެގެންދާނެކަމެއް ކަމުގައެވެ. އަދި އެމްޑީޕީއަކީ މި ސަރަހައްދުގެ އެއްވެސް ގައުމަކާއި ޒާތީވުމެއް އޮންނާނެ ޕާޓީއެއް ނޫންކަމުގައި ފާހަގަ ކުރައްވައި ނިޔާޒް ވިދާޅުވީ އިންޑިޔާ ސަފީރާވެސް ބައްދަލު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް އެ ޕާޓީގެ ލީޑަރޝިޕުން ކުރާނެކަމަށެވެ. 

އިންޑިޔާ ސަފީރާވެސް ބައްދަލުކުރަން ޖެހިއްޖިޔާ ޕާޓީގެ ލީޑަރޝިޕުންވެސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީް އެކަން ކުރައްވާނެ 

އަލީ ނިޔާޒް 

އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ 12 މެމްބަރަކު ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮތް ޕީއެންސީގެ ފެށުން ޖަލްސާގައި ޕީއެމްސީއާއި ގުޅިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.