ހުޅުމާލެ ފޭސް 3 ހިއްކަން ފެށުން---ފޮޓޯ: އެޗްޑީސީ
ހަބަރު
30 Dec 2023 | 16:56
ހުޅުމާލެ ފޭސް ތިނެއް އަނެއްކާވެސް ހިއްކަން ފަށައިފި

ނިމިދިޔަ އިބުރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނިމެން ގާތްވެފައިވަނިކޮށް މާލޭގެ ރައްޔިތުންނަށް ބޯހިޔަވަހިކަން ފޯރުކޮށްދިނުމަށް ކަމަށްބުނެ ހިއްކަން ފަށައި މަޑުޖެހިފައިވާ ހުޅުމާލެ ފޭސް 3 ގެ ބިންހިއްކުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިއެވެ.

މި މަސައްކަތް މިހާރުކުރެވެމުން ދަނީ އާބަންކޯގެ ބެލުމުގެ ދަށުންނެވެ. އެ ކުންފިނީގެ ފަރާތުން މި މަސައްކަތް ހަވާލު ކޮށްފައި ވަނީ ފުށިދިއްގަރުގެ މަސައްކަތް ވެސް ކުރަން ހަވާލުކޮށްފައިވާ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް (ސީއެމްސީ) ކުންފުންޏާއެވެ. ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދަނީ ބޮސްކާލިސް ކުންފުނިންނެވެ.

މި މަސައްކަތް މިއަދު ފަށާފައި ވާއިރު މިކަމާއި ގުޅިގެން އާބަންކޯގެ މޭނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު އެކްސް ޕޯސްޓެއް މެދުވެރިކުރައްވާ މި މަޝްރޫޢު ފެށުނުކަން ވަނީ ހާމަ ކުރައްވާފައެވެ.  

މި ޕޯސްޓުގައި ފަޒުލް އިތުރަށް ވިދާޅުވެފައިވަނީ ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން ގޯތި ލިބިގެން ދާނެ ކަމަށެވެ. "ވެލިފުކެއްގެ މިންވަރުވެސް އުނި ނުކޮށް، އިތުރަށް ފުރިހަމަ ކޮށްދެވޭނެ،". ޔަޤީންކަމާއިއެކު ފަޒުލް ވިދާޅު ވެފައިވެއެވެ.

ހުލުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫޢުއަކީ މާލެ ސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރިއަށް ގެންދެވޭ ބޮޑު މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3 ގެ ގޮތުގައި  63 ހެކްޓަރުގެ ބިން ހިއްކިގެން ދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
ޕެރަގުއޭގެ ސެނެޓަރަކު ކުރި ނަސްލީ ފުރައްސާރައަށް އެމްބާޕޭ ވަރުގަދަ ރައްދެއް
އެމްބާޕޭ ބުނެފައިވަނީ އަމަރިއްލާއަކީ އެ މަޤާމަށް ކުފޫހަމަނުވާ، ދަށުދަރަޖައިގެ އަންހެނެއް ކަމަށެވެ. އަދި އޭނާއަކީ ޕެރަގުއޭ ތަމްސީލުކުރާ މީހެއް ނޫން ކަމަށާއި، އޭނާގެ މި ނާތަހުޒީބު ޢަމަލުގެ ސަބަބުން ޕެރަގުއޭގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ މަތިން ދުނިޔެ ހަނދާން ނެތި، ޤައުމުގެ އަގު ވެއްޓިފައިވާ ކަމަށް އެމްބާޕޭ ފާހަގަކުރިއެވެ. އެމްބާޕޭ އިތުރަށް ބުނީ، ދުނިޔޭގައި ނަފްރަތާއި ނަސްލީ ތަފާތުކުރުން ފެތުރުމުގެ ފުރުޞަތު މިފަދަ މީހުންނަށް ނުދޭނެ ކަމަށެވެ.
07 Jul 2026
މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމަށް މަސައްކަތްކުރި މީހާއަށް ނާދިރު ބައްޔެއް; އިބްރަތަކަށް ފުދޭ
ދިގު އުމުރަކަށް އެދި އަދި މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމުގެ އުއްމީދުގައި، އޭނާގެ ސިއްހަތަށްޓަކައި މިލިއަނުން ހަރަދުކުރަމުންދާ މަޝްހޫރު ބްރަޔަން ޖޯންސަންގެ ވާހަކައަށް މުޅި ދުނިޔޭގެ ސަމާލުކަމަށް ހުއްޓިފައި ވާތާ އަހަރުތަކެއްވީ އެވެ.
07 Jul 2026
ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަރލްޑްކަޕް ނިމިއްޖެ
ވަރލްޑްކަޕް ކުއާޓާ ފައިނަލުގައި އަންނަ ހުކުރު ދުވަހު ސްޕެއިން ބައްދަލުކުރާނީ އެމެރިކާ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.