ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
31 Dec 2023 | 09:14
ޕާކިސްތާނުގެ އިލެކްޝަން ބޯޑުން ޢިމްރާން ޚާންގެ ކެންޑިޑެސީ ބަލައެއް ނުގަތް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން އިންތިޚާބުގައި ވާދަ ކުރުމަށް އިލެކްޝަން ބޯޑަށް ހުށައެޅި ކެންޑިޑެސީގެ ބަލައިނުގަތުމަށް ނިންމައިފިއެވެ.

ޕާކިސްތާނުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިފެށޭ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެެވެ.

ޢުމުރުން 71 އަހަރުގެ ޢިމްރާން ޚާން މިވަގުތު ހުންނެވީ ޖަލު ބަންދުގައެވެ. އަދި ޕާކިސްތާނުގެ އިލެކްޝަން ބޯޑުން ވަނީ ފަސް އަހަރު ދުވަހަށް ޢިމްރާން ޚާންގެ ކެންޑިޑެސީ ހައްޤު ހިފަހައްޓައިފައެވެ. މިކަން މިގޮތައް އޮތް ނަމަވެސް ޢިމްރަން ޚާންގެ ތަހްރީކޭ އެ އިންސާފް ޕާޓީގެ ޓިކެޓްގައި އިންތިޚާބު ވާދަކުރުމަށް ވަނީ ހުށައަޅައިފައެވެ.

އިމްރާން ޚާން ޖަލު ޙުކުމް ތަންފީޒު ކުރަމުންދަނީ އެޤައުމެގެ މިހާރުގެ ސަރުކާރުން ޢިމްރާންގެ އިސްތަށިފުޅުގައި އަޅުވައިފައިވާ ޚިޔާނާތާއި ރިޝްވަތުގެ މައްސަލައެއް ގައެވެ.

ނަމަވެސް ޢިމްރާން ޚާން ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައި އެ ކަންކަން ދޮގުކުރައްވައިފައެވެ.

އިމްރާން ޚާންގެ ކެންޑިޑެސީ އިލެކްޝަން ބޯޑުން ޤަބޫލު ނުކޮށް އަނބުރައި ފޮނުވައިލައިފައިވާއިރު އިމްރާން ޚާނާއި އެންމެ އިދިކޮޅުކަން ބޮޑު ނަވާޒް ޝަރީފްގެ ކެންޑިޑެސީ ވަނީ ޤަބޫލު ކޮށްފައެވެ.

ޢިމްރާން ޚާން ބޮޑުވަޒީރު ކަމުގައި ހުންނަވަނިކޮށް ބޮޑު ވަޒީރުކަމުން ދުރުކޮށްފައިވަނީ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުން އޭނާގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގައިގެން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ