ހަނގުރާމަ ހުއްޓާލަން ގޮވާލާ ކައުންޓް ޑައުންގައި މިރޭ، ވިއްސާރަވިޔަސް އިވެންޓް އޮންނާނެ
ހަބަރު
31 Dec 2023 | 19:41
ހަނގުރާމަ ހުއްޓާލަން ގޮވާލާ ގްލޯބަލް ކައުންޓް ޑައުންގައި މިރޭ، ވިއްސާރަވިޔަސް އިވެންޓް އޮންނާނެ

ފަލަސްތީންގެ ރައްޔިތުންނާއި ދެކޮޅައް އެބިމަށް ވެރިގެންފައިވާ އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ގްލޯބަލް ކައުންޓް ޑައުން ވިއްސާރަ ވީނަމަވެސް އޮންނާނެ ކަމަށް އެ އިވެންޓް އިންތިޒާމް ކުރާ އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީން) ބުނެފިއެވެ.

ކައުންޓް ޑައުން ޓު ސީޒް ފަޔާއަކީ މިފެށޭ އާހަރުގެ މުނާސަބަތުގައި، އާހަރަށް މަރުހަބާ ކިޔަން ކައުންޓް ޑައުންކުރުމުގެ ބަދަލުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިރޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބޮޑު އިވެންޓެކެވެ.

އެގޮތުން ރާއްޖޭގައި މި އިވެންޓް ބޭއްްވުމަށް ހަމަ ޖެހިފައިވަނީ ހުޅުމާލެ އެއްނަންބަރު ރުއްގަނޑުގައި މިރޭ 23:30 ގައެވެ.

މިހާރު ރާއްޖެއަށް ގަދަ ވިއްސާކުރަމުން ދިޔަ ނަމަވެސް ވީހާވެސް ގިނަ ފަރާތްތަކުން މި އިވެންޓުގައި ބައިވެރިވެ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާ ހުއްޓާލުމަށް ގޮވާލާ މިރޭ އެއްވުމަށް އައިއޭސީއޭއިން ވަނީ އެދިފައެވެ.

މިރޭގެ އިވެންޓް އިންތިޒާމް ކުރުމުގައި އައޭސީއާއެކު ޕުރޮޖެކްޓު ލިބަރޭޝަން ނަމުގައި ހަރަކާތްތެރިވާ ޒުވާނުން ވެސް ހިމެނެއެވެ.

ޕުރޮޖެކްޓު ލިބަރޭޝަނަކީ ދިވެހިންގެ ކާބަފައިން އަނިޔާވެރިކަމާއި، އަޅުވެތިކަމާއި ދެކޮޅަށް ދެއްކި އެއްބައިވަންތަކަމާއި ހިއްވަރުގެ މައްޗަށް ބިނާވެފައިވާ ހަރަކާތަކެވެ.

ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެކި ނަސްލުގެ މީސްތަކުންނަ ތަހައްމަލު ކުރަން ޖެހިފައިވާ ނާއިންސާއިފާއި، އަދި ޚާއްސަކޮށް ފަލަސްޡީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިކަހާލު ދެނެގަނެ، އިންސާނީ ހައްޤުތަކަށްޓަކައި އަޑު އުފުލައި މުޖުތަމައެއް ބިނާކުރުމަކީ މިހަރަކާތުގެ މައިގަނޑު މަޤްސަދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.