ވާރޭ ވެހިގެން ފެންބޮޑުވެ ގެއްލުންވި ގެއަކަށް ރައީސް ޒިޔާރަތް ކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
31 Dec 2023 | 23:24
ވާރޭގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެހެން މަގުތައް ތަރައްގީ ކުރަން ވަނީ ރޭވިފަ: ރައީސް ޑރ.މުއިއްޒު

ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެހެން މަގުތައް ތަރައްގީ ކުރަން ސަރުކާރުން ރާވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފެނުގެ އަސަރުކޮށް ގެއްލުން ލިބުނު ބައެއް ގެތަކަށް ކުރެއްވި ޒިޔާރަތަށް ފަހު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މާލޭ ގެ އިތުރުން ރާއްޖޭ ގެ އެހެން ރަށް ރަށުގެ މަގުތައްވެސް ރަނގަޅު ފެންވަރަކަށް ހެދުމަށް ނިންމަވާފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހުރިހާ މަގެއް ހަދާއިރު އަޑީގައި ފަލަ ހޮޅި ތަކަކާއި ވަރުގަދަ ޕަންޕިން ނިޒާމެއް ލައި، ވަރަށް ވަރުގަދަ ސްޓޯމް ވޯޓާ ނިޒާމެއް ގާއިމު ކުރާނެ ކަމަށެވެ. އޭރުން މިފަދަ ހާލަތެއް ކުރިމަތި ވިޔަސް ގެތައް ސަލާމަތްވެ މީހުންގެ މުދަލާ ފުރާނަ އާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ވިޔަފާރިތަައް ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

"މިއަށް ވުރެ މާ ބޮޑު ތަނުން ރަނގަޅު ކުރުން އަޅުގަނޑުމެންގެ މަސައްކަތް ރޭވިފައި ހުރި ގޮތަކީ. އެއީ މާލޭގަ. ހަމަ އެގޮތަށް ރަށް ރަށުގައި ވެސް އެމަސައްކަތް ކުރެވޭނެ. "

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ ޑިސާސްޓާ މެނޭޖް މެންޓް ގައި އެހީވުމުގެ ބައިގެ ކެޕޭސިޓީ ވަރުގަދަ ކުރުންވެސް އެބައޮތް ކަމަށެެވެ. މިގޮތުން އެމަޖެންސީގައި ގޭގެއަށް ދޭން ޖެހޭ އެހީތެރި ކަމާއި މީހުންނަށް ދޭން ޖެހޭ އެހީތެރި ކަމާއި ތަކެތި ފޯރު ކޮށްދިނުމަށް ވަގުތީ ހިޔާ އާއި މިނޫންވެސް އެހެނިހެން ކަންކަން ވެސް މިހާރަށް ވުރެ ރަނގަޅުކުރުމަށް ޑިސާސްޓާ މެނޭޖެމަންޓް ގެ ނިޒާމް ވަރުގަދަ ކުރުންވެސް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިއަދު މި ލިބުނު ގެއްލުމުގެ ސަބަބުން މީހުނަށް އެހީތެރި ވުމުގެ މަސައްކަތް ކަމާ ގުޅޭ ހުރިހާ ވުޒާރާ ތަކަކާއި ހުރިހާ ފަރާތްތައް ބައިވެރިވެގެން ވަރަށް ބާރު މިނުގައި ކުރިއަށް ދާކަމަށެވެ.

ވިއްސާރައިގެ ސަބަބުން މިރެއިން މިރެޔަށް ބަދަލު ކުރަން ޖެހޭ ގޭގެ ބަލަމުން ދާ ކަމަށާއި 96 ގެޔެއްގެ މީހުން މާލެއިން ވަގުތީ ހިޔާ އަށް ބަދަލު ކުރަން ޖެހޭ ކަމަށް ޑިސާސްޓާ މެނޭޖްމަންޓް އިން މައުލޫމާތު ދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.