އެންޑީއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ: ވޮއިސް
ހަބަރު
02 Jan 2024 | 08:57
ފެންވަދެ ގެއްލުން ލިބުނު 11 ގޭބީސީއެއްގެ މީހުން މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ ފެންވަދެ ގެއްލުން ލިބުނު 11 ގޭބީސީއެއްގެ މީހުން މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި ވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ފެން ބޮޑުވުމުގެ ހާދިސާގެ އަދާހަމަ ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް މުހައްމަދު ފިކުރީ ވިދާޅުވީ ފެން ވަދެ ގެއްލުން ލިބުނު ގެތަކުގެ ރެޕިޑް އެސެސްމެންޓެއް ހެދުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށާއި މިގޮތުން ފާހަގަވި 11 ގޭބިސީއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި ވާ ކަމަށެވެ.

"ފެން ވަދެ ގެއްލުން ލިބުނު ގެތަކުގެ ރެޕިޑް އެސެސްމެންޓެއް ހެދުމަށް އަޅުގަނޑުމެންވާނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފަށާފަ. މިގޮތުން ފާހަގަވި 11 ގޭބިސީއެއްގެ މީހުން ވަގުތީ ހިޔާތަކަށް މިވަނީ ބަދަލުކޮށްފައި. އަދި ތިން ދުވަސްވަންދެން އެ މީހުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާނަން. ތިން ދުވަސް ފަހުން ގެތައް ސާފުކުރުމަށްފަހު ގޭގެއަށް މީހުން ބަދަލުވާނެ. ވެމްކޯ އާ ރެޑްކްރެސެންޓާ ސިޓީ ކައުންސިލް އާ ގުޅިގެން އަޅުގަނޑުމެން މަސައްކަތް މިކުރަނީ."

ފިކުރީ ވިދާޅުވިއެވެ.

ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން މާލޭގެ 140 ގެއަކަށް ފެން ވަދެ 11 ގޭބިސީއެއްގައި ހިމެނޭ 46 މީހަކު ގެސްޓްހައުސްތަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ތިން ދުވަސް ވަންދެން މި މީހުންގެ ކެއުމުގެ ހަރަދާއި ތިބުމުގެ ހަރަދު ސަރުކާރުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް ފިކުރީ ވިދާޅުވީ ފެން ބޮޑުވެ، ނަޖިސް ލީކުވުމުގެ ސަބަބުން އެ ފެން ޖެހި ހަލާކުވެފައިވާ ސާމާނާއި، ފެނުގެ ސަބަބުން ގޭގެ އެނދާއި ގޮދަނޑިފަދަ ތަކެތި ހަލާކުވެ އެތަކެތި ނުގަނެވޭނެ ފަދަ ހާލަތުގައި ތިބި ފަރާތްތަކަށްއެ ތަކެތި ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެސެސްމަންޓު ނިމުމުން އެ ގޭތަކުގެ މީހުންނަށް އިތުރަށް ދޭ ފައިސާތަކުން މި ތަކެއްޗަށް ދާ ފައިސާ އުނި ކުރުމަށް ވެސް ނިންމާފައިވާކަމަށް ފިކުރީ ވިދާޅުވިއެވެ.

މާލޭގެ އިތުރުންވެސް ރާއްޖޭގެ އެހެނިހެން ރަށް ތަކަށް ވެސް ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް ދަނީ ލިބެމުންނެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ މި ގެއްލުންތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކޮށް، ފެންބޮޑުވެފައިވާ ރަށްރަށުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.