ނައިފަރު އޯޕަން 2024 ގެ ޗެންޕިއަން ޝީލްޑް / ފޮޓޯ: އައި-ޝަޓަރ
ކުޅިވަރު
02 Jan 2024 | 14:50
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ބެޑްމިންޓަން މުބާރާތް ނައިފަރު އޯޕަން 2024 ފަށައިފި

ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުން އިންތިޒާމްކޮށްގެން ބާއްވާ ރާއްޖޭގެ އެންމެ އަގުބޮޑު ބެޑްމިންޓަން މުބާރާތް "ނައިފަރު އޯޕަން 2024" މިމަހުގެ އެއްވަނަ ދުވަހު ފަށައިފި އެވެ.

މިއަހަރުގެ މުބާރާތުގައި ދެ ޑްރޯއެއް ހިމެނޭއިރު، އޭގެތެރެއިން 19 އަހަރުން ދަށުގެ ޖޫނިއަރ ޑްރޯ ކުރިއަށްދަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. ނަމަވެސް މުބާރާތުގެ މެއިން ޑްރޯ ހުޅުވާލެވިފައި ވަނީ ނ. ރ. ބ. އަދި ޅ އަތޮޅަގެ ކުޅުންތެރިންނަށެވެ. 

ނައިފަރު އޯޕަން 2024 މުބާރާތުގެ ތެރެއިިން/ ފޮޓޯ: އައި-ޝަޓަރ 

މީގެ އިތުރުން ޖޫނިއަރ ޑްރޯ ފަސް އުމުރުފުރާ އަކަށް ބަހާލެވިފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ސިންގަލްސް އަދި ޑަބަލްސް އެވެ. ނަމަވެސް މެއިން ޑްރޯގައި ސިންގަލްސް އަދި ޑަބަލްސްގެ އިތުރުން މިކްސް ޑަބަލްސް އިވެންޓްތައް ހިމެނެއެވެ.

ނައިފަރު އޯޕަން 2024 މުބާރާތުގެ ތެރެއިިން/ ފޮޓޯ: އައި-ޝަޓަރ 

ނޮކްއައުޓް އުސޫލުން ކުރިއަށް ގެންދާ މިމުބާރާތުގައި ސިންގަލްސް އިވެންޓްތަކުގައި 115 ކުޅުންތެރިން ވާދަކުރަމުންދާއިރު، ޑަބަލްސް އިވެންޓްތަކުގައި 104 ކުޅުންތެރިއަކު ވާދަކުރެއެވެ. އަދި މުބާރާތުގެ ސިންގަލްސް އިވެންޓްތަކުގައި 116 މެޗު ކުޅޭއިރު، ޑަބަލްސް 69 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ނައިފަރު އޯޕަން 2024 މުބާރާތުގެ ތެރެއިިން/ ފޮޓޯ: އައި-ޝަޓަރ 

މުބާރާތުގެ ވަނަތަކަށް 50,000 ރުފިޔާގެ ފައިސާގެ އިނާމު ހުދަހެޅިފައިވާއިރު، މެއިން ޑްރޯގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާ ފަރާތަކަށް ފުށިފަރު މޯލްޑިވްސްގެ ފަރާތުން 2 މީހަކަށް 2 ދުވަހުގެ ރިސޯޓް ސްޓޭއެއް ހުށަހަޅާފައިވެއެވެ. އަދި މެއިން ޑްރޯގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާ ފަރާތަކަށް ކޯރާކޯރާ މޯލްޑިވްސްގެ ފަރާތުން 2 މީހަކަށް 2 ދުވަހުގެ ރިސޯޓް ސްޓޭއެއް ހުށަހަޅާފައިވެއެވެ. އަދި މީގެ އިތުރުން ވެސް މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އަގުބޮޑު އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ.

ނައިފަރު އޯޕަން 2024 މުބާރާތުގެ ތެރެއިިން/ ފޮޓޯ: އައި-ޝަޓަރ 

މިމުބާރާތަކީ 2021 ވަނަ އަހަރު ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރު ރަޖިސްޓަރީ ކުރެވުނު ފަހުން އެ އެކަޑަމީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ދެވަނަ މުބާރާތެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ވާދަވެރި ގިނަ މެޗުތަކެއް ފެށިގެންދިޔައިރު، އެމުބާރާތުގައި ޒުވާން ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

ނައިފަރު އޯޕަން 2024 މުބާރާތުގެ ތެރެއިިން/ ފޮޓޯ: އައި-ޝަޓަރ 

މީގެއިތުރުންވެސް ނައިފަރު ބެޑްމިންޓަން އެކަޑަމީ ވުޖޫދަށް އައިފަހުން އެ އެކަޑަމީގެ ފަރާތުން އަންނަނީ މިކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެތެރޭގައި އެ އެކަޑަމީގެ ފަރާތުން ކޯޓު އޮފިޝަލުން އުފެއްދުމުގެ އިތުރުން ކާމިޔާބު މުބާރާތަކެއް ބާއްވާފައިވާއިރު، އިންޓަ ސްކޫލް މުބާރާތް، އިންޓަ ސްކޫލް ޗެމްޕިއަންސްލީގުގެ އިތުރުން ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕްގައި އެކަޑަމީގެ ކުޅުންތެރިން ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.

ނައިފަރު އޯޕަން 2024 މުބާރާތުގެ ތެރެއިިން/ ފޮޓޯ: އައި-ޝަޓަރ 

މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ، މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން، އެސްޓީއޯ އަދި ފުށިފަރު މޯލްޑިވްސް އެވެ. މުބާރާތުގެ އިވެންޓް ޕާޓްނަރުންނަކީ ފާދިއްޕޮޅު ނައިފަރު ކައުންސިލް، ފާދިއްޕޮޅު ނައިފަރު އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމެޓީ، ބެންކް އޮފް މޯލްޑިވްސް، ކޯރާކޯރާ މޯލްޑިވްސް، ނައިފަރު ސްކޫބާ ސެންޓަރ، އެޓްމޮސްފިއާ ކަނިފުށި އަދި އިސްލާމިކު ބޭންކް އެވެ. 

ނައިފަރު އޯޕަން 2024 މުބާރާތުގެ ތެރެއިިން/ ފޮޓޯ: އައި-ޝަޓަރ 

މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. އަދި މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވޮއިސް އެމްވީ އެވެ. އަދި ސަޕޯޓިންގ ޕާޓްނަރުންނަކީ އައިކިޔުޔޫ، އައިސް އެންޑް ޖޯއީ، ރޮޒޭލިޔާ، ޗިލީ ގާޑެން، އެމްޔޫ ސްޓޯރު، އޮންލައިން ބިޒް ޕްރޯ، ޖޯޒީ އެމްވީ، ކޭލަން، މާލް، ބަޑީސް ނެޓް، އައިޝަޓާ، ޑީޖޭ ކައްޗޭ، އަދި އިޖޫ އެންޑް ޝާން އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ