ކުރީގެ ރައީސް މުހައްމަދު ނަޝީދު--
ހަބަރު
02 Jan 2024 | 13:16
މާލެގައި އަލުން ކުޅި އާއި ވެވު އުފައްދަން ޖެހޭ: ރައީސް ނަޝީދު

މާލޭގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދިމާވާ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ދިރާސާތައް ކޮށް، ކުޅި އާއި ވެވު، މާލޭގައި އަލުން އުފައްދަން ޖެހޭ ކަމަށް، ދާދި ފަހުން ސިޔާސީ ދާއިރާއާއި ދުރަށް ޖެހިވަޑައިގެންނެވިކަން އިއުލާން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ފާއިތުވެދިޔަ ދެތިން ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، ގޭގެއަށް ފެންވަދެ، ނަޖިސްތައްވެސް ފެނުގެ ތެރެއަށް ލީކުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އެގޮތުން، ގޭގޭގައި ގެންގުޅޭ ސާމާނުތައް ހަލާލުވެ، 11 ޢާއިލާއެއް ވަގުތީ ހީޔާވައްސަށްވެސް ބަދަލުކޮށްފައި ވެއެވެ. 

އެކަމާއި ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގައި މިހާރު ބޭނުން ކުރެވެމުންދާ ފެން ހިންދާ ނިޒާމަކީ ފެއިލް ވެފައިވާ ނިޒާމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ނިޒާމް ފެއިލް ވަމުންދާނެ ކަމަށް އެމަނިކުފާނު ލަފާކުރައްވައެވެ. 

އޭގެ ހައްލަކަށް އެމަނިކުފާނު ދެއްކެވީ، ކުޅި ނުވަތަ ވެވު ފަދަ ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމެވެ. އެގޮތުން އެމަނިކުފާނު ވަނީ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރެވޭނީ ގުދުރަތީ ނިޒާމުގެ ތެރެއިން އުފަންކުރާ ކުޅި އާއި ވެވުން ކަމަށް ވިދާޅުވެފައެވެ. 

"ގުދުރަތީ ނިޒާމުގެ ބޭނުން ހިފައި، މި މައްސަލަ ހައްލު ކުރަން އާ ޑިޒައިންތަކެއް ތައާރަފު ކުރަންޖެހޭ. މިސާލެއްގެ ގޮތުން، މާލޭގެ ކުޅިތަކާއި ވެވުތައް އަލުން ތައާރަފު ކުރެވިދާނެ،" 

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު, ކުޅި އަކީ ފެންބޮޑުވުންފަދަ ހާދިސާ ތަކުންވެސް ރައްކާތެރިކޮށް، ރަށަށް ވެހޭ ފެން ހިންދުމުގައި އެހީތެރިވެދޭ އެއްޗެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ވެވަކީ އިހު ޒަމާނުގައި ފެންވެރުމަށް ހަދާ އުޅުނު، މިހާރު ހަދާފައި ހުންނަ ޕޫލް ފަދަ ވަޅުގަނޑުތަކެކެވެ. އޭގެ ވަށައިގެން ގައު ޖަހާފައި، އެތެރެއަށް އެރުމަށް ސިޑި ވެސް ރާނާފައި ހުރެއެވެ.

ބޭރު ގައުމު ތަކުގައި، ބޯކޮށް ވެހޭ ވާރޭ އެއްތަނަކަށް ޖަމާ ކުރުމަށް ވެވާއި އެއްގޮތް ވާ ފަދަ ޑިޒައިނަކަށް ތަންތަން ހަދާފައި ހުރެއެވެ. އެހެން ހެދުމުން، ވެހޭ ފެންތައް އެއަށް ޖަމާވެ، އޭގެ ތެރެއިން، ފެން ހިންދާ ނިޒާމުގެ ތެރެއަށް އެ ފެންތައް ދަތުރު ކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް