ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު, ލޫކަސް ޕޮޑޮލްސްކީ އާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ކުޅިވަރު
02 Jan 2024 | 15:42
ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތު ޕޮޑޮލްސްކީ އަށް ކިޔައިދެއްވައިފި

 ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތު ސްޕޯޓްސް މިނިސްޓަރު އަބްދު،الله ރާފިއު، ޖަރުމަނަށް 2014 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށް ދިނުމުގައި ހިއްސާވި ފޯވާޑް ލޫކަސް ޕޮޑޮލްސްކީ އާ، ބައްދަލުކުރައްވައި ކިޔައިދެއްވައިފިއެވެ.

މި ކަމާގުޅިގެން ސްޕޯޓްސް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގަށް ރާވާފައިވާ ކަންކަމާއި ބެހޭގޮތުންމަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެ މަސައްކަތްތަކުގައި ޕޮޑޮލްސްކީ ގެ އެއްބާރުލުން ދެވޭނެ ގޮތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ގައުމީ ޓީމުގެ ޖޯޒީއެއް ވެސް ޕޮޑެލްސްކީ އަށް ވަނީ ހަދިޔާ ކޮށްފައެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާ ބެހޭ ގޮތުން ޕޮޑެލްސްކީ އާއި އެކު މަޝްވަރާގެ ބައްދަލުވުން ބާއްވާފައިވާއިރު، މި ދުވަސްވަރަކީ  އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅައިގެ ތެރޭގައި ބޮޑު މައްސަލަތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެކެވެ.

މިގޮތުން އެފްއޭއެމަށް ބޭރުގެ ބައެއް އިދާރާތަކުން ލިބޭ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން އެނގޭ ސާފު ހެކި ބޭންކް ސްޓޭޓްމަންޓްތަކުން ފެންނަން ހުރި ކަމަށް ފުލުހުން ބުނެފައިވާއިރު ޕީޖީ އޮފީހުން ވެސް ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެއިދާރާގެ އެހެން ވެރިންނަށްވެސް ދައުވާ ކުރެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

އެއިދާރާގެ އެގްޒެކެޓިވް ކޮމިޓީ ކޮމިޓީގެ ގާނޫނީ ސައްހަކަން ގެއްލިފައިވާ ކަމަށް ނިންމައި ސްޕޯޓްސް ކޮމިޝަނުން މިމަހުގެ 31 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް ވަނީ އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.