ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް
ހަބަރު
02 Jan 2024 | 15:02
މުހިންމީ އިންޑީޔާ ސިފައިން ތިބި އަދަދެއް ނޫން، އެމީހުން ފޮނުވާލުން: ސަރުކާރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިވަގުތު އެންމެ މުހިންމީ އިންޑީޔާ ސިފައިން ތިބި އަދަދު ނޫން ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރަށް އެންމެ މުހިއްމީ ދިވެހިރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކަމަށް  ދިވެހި ސަރުކާރުން ބުނެފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ރައީސުލް ޖުމުހުރިއްޔާގެ އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ނޫސްވެރިޔަކު ރާއްޖޭގައި ތިބި އިންޑީޔާގެ ސިފައިންގެ އަދަދާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިއަދުގެ މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުالله ނާޒިމް ވިދާޅުވީ މުހިންމީ ސިފައިން ތިބި އަދަދެއް ނޫން ކަމަށާއި އެ މީހުން ފޮނުވާލުމުގެ މަސައްކަތް ކަމަށެވެ.

"އެންމެ ފަހުން ހާމަ ކުރި މައުލޫމާތުތަކުން ދައްކާ ގޮތުން ރާއްޖޭގައި ތިބީ 88 އިންޑިއާ ސިފައިން. މީގަ މުހިންމީ ތިބި އަދަދަށް ވުރެ ތިބިއްޔާ ތިބި ބަޔަކު ފޮނުވައިލުމުގެ މަސައްކަތް ކުރިޔަށް ދާކަން ރައްޔިތުންނަށް ކަށަވަރު ވުން،" ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވި އެވެ.

 މި ސަރުކާރު ވެރިކަމަށް އައުމަށް ވީ އެންމެ ބޮޑު އެއް ވަޢުދަކީ ރާއްޖޭގައި މިވަގުތު ތިބި އިންޑިޔާ ސިފައިން ދިވެހިރާއްޖެއިން ފޮނުވާލުން ކަމަށް ވާއިރު އެކަން ކުރުމަށްޓަކައި މި ސަރުކާރު ވެރިކަމަށް އައި ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމު ފާހަގަކުރެއްވި ގޮތުގައި މިކަމާއި ގުޅިގެން ތަފާތު ލެވަލްތަކުގައި 10 ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އިތުރު ބައްދަލުވުންތަކެއް ރާވަމުން އަންނަ ކަމަށެވެ.

ރާއްޖޭގައިތިބި އިންޑިޔާ ސިފައިން ފޮނުވާލުމުގެ މަސައްކަތް މި ސަރުކާރުން ވަރަށް ބާރަށް ކުރިއަށް ގެންދަވާ ކަމަށާއި އެކަމުގައި ދިވެހިރައްޔިތުން މާޔޫސްވެ ނުލެއްވުމަށް ދިވެހިރައްޔިތުންގެ ނާޒިމް ވަނީ އެދިވަޑައިގެންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ