ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓް ގެ ބައްދަލުވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Jan 2024 | 21:41
ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހިބިލިޓޭޝަން ސެންޓަރުތަކެއް ގާއިމްކުރަން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ތިން ރަށެއްގައި ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒު ގާއިމު ކުރުމަށާއި، ޤާނޫނާ އެއްގޮތަށް ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ހުއްދަ ދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު އެމަނިކުފާނު ނިންމަވައިފިއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ނިންމެވީ މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މިގޮތުން  ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒު ގާއިމު ކުރުމަށް ހަމަޖެހިފައިވާ ތިން ސަރަހައްދަކީ ކ.ކާށިދޫ، ނ.ވެލިދޫ އަދި ލ.އަތޮޅެވެ.

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން، ދިވެހިރާއްޖޭގެ ޤާނޫނާއި، ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެށުމަށް ރައީސް ޑރ.މުއިއްޒު ވަނީ ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ