އާޒިމާ ޝަކޫރު-- ފޮޓޯ: ވޮއިސް
ހަބަރު
03 Jan 2024 | 09:10
ހަތަރު މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ނިންމައިފި

ކުރީގެ ބަންޑާރަ ނައިބު އަދި މާލޭ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ އާއިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ހަތަރު މިލިއަން ރުފިޔާގެ ލޯނެއް ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރަން ހުށައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާޒިމާ ވިދާޅުވެއްޖެއެވެ.

ޢާޒިމާ މިފަދައިން ވިދާޅުވީ މިއަދު ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި އެކަމަނާ ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ ފައިނޭންސިން ފެސިލިޓީ އަކަށް ގަވާއިދުން ފައިސާ ނުދައްކައިގެން މިއަދު އެކަމަނާގެ ޣައިރު ހާޒިރުގައި ހުކުމް ކުރިކަން އެނގުނީ މީޑިއާ ތަކުން ކަމަށެވެ.

އާޒިމާ ނެންގެވި ފެސިލިޓީ އަކީ ހުޅުމާލޭގައި އެކަމަނާ ދިރިއުޅުއްވާ ފްލެޓް ގަތުމަށް 2016 ވަނަ އަހަރު ނަންގަވާފައިވާ ލޯނެއްކަމަށް ވިދާޅުވެ އާމްދަނީ ލިބެމުން ދިޔަ ދުވަހު މި ލޯނަށް ގަވާއިދުން ފައިސާ ދެއްކި ނަމަވެސް ކުރީގެ ސަރުކާރުން އެކަމަނާގެ މައްޗަށް ކުރި ދައުވާ އާއި އެކު، އެ ކަމަނާ މަސައްކަތް ކުރައްވާ ދާއިރާ ކަމުގައިވާ ގާނޫނީ ވަކީލު ކަމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތި ވެގެން ދިޔަ ކަން އާޒިމާ ފާހަގަ ކުރެއްވިއެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ބޭރުން ލިބުނު ވަޒީފާ ގެ ފުރުސަތުވެސް ގެއްލިފައިވާކަމަށް އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އާޒިމާ ވިދާޅުވީ ލޯނު ގަވާއިދުން ދެއްކުމުގައި ކުރި އެރުމެއް ލިބިފައި ނުވަނީ އާޒިމާ އަކީ އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސައިގެން ދިރިއުޅޭ މަޔަކަށް ވެފައި ކޮވިޑް ގެ ހާލަތުގެ ސަބަބުން އާމްދަނީއެއް ހޯދުމަށް ކުރި ތަފާތު މަސައްކަތްތަކަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީ ކަމަށެވެ. އަދި މި ހުކުމް ކޮށްފައި މިވަނީ މި ލޯނު ދެއްކުމަށް ތާވަލެއް ރާވައި، ލޯނު ރީސްޓަރަކްޗާ ކުރުމުގެ މަޝްވަރާތައް ބޭންކާއި އެކު ކުރިއަށް ދަނިކޮށް ކަމަށެވެ.

ދައުލަތުގެ ބާރުގަދަ އެތައް މަގާމެއް އެތައް ފަހަރަކު އަދާކުރެއްވި ނަމަވެސް އެކަމަނާއަށް ލިބޭ މުސާރަގެ އިތުރުން އެހެން އެއްވެސް އެއްޗެއް ދައުލަތުން ނުނަގާ ކަމަށާއި، އެއްވެސް ފަރާތަކުން ނާޖާއިޒު ފައިދާ ނަގާފައި ނުވާނެ ކަމަށާއި މަސައްކަތް ކުރެވޭތޯ ބައްލަވަނީ ލިބިފައި ހުރި ތައުލީމެއް ގެ މައްޗަށް ބިނާ ކޮށް ކުރާ މަސައްކަތްތަކުން ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ. 

ހަމައެހެންމެ މިފަދަ ދަނޑިވަޅެއްގައި ކުއްލި އަކަށް މިފަދަ ހުކުމެއް ނެރުމުން އާޒިމާ ކުރައްވަމުން ގެންދާ މަސައްކަތަކަށް މަޑު ޖެހުމެއް ނާންނާނެ ކަމަށާއި މާލޭ މޭޔަރު ކަމަށް އިންތިޚާބު ވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް އިހުނަށް ވުރެ ބާރަށް ކުރިއަށް ދާނެ ކަމަށްވެސް އެކަމަނާގެ ފަރާތުން ނެރުނު ބަޔާނުގައި ވެއެވެ.

މިއަދު ސިވިލް ކޯޓުން 2 ޖެނުއަރީ 2024 ގެ ނިޔަލަށް ފެސިލިޓީގެ އިތުރުން ޗެރިޓީގެ ގޮތުގައި ދައްކަން ޖެހޭ 4،156،355 ރުފިޔާ އާއި މަހުން މަހަށް އަރަމުންދާ ޗެރިޓީ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް، އެމަހަކަށް ދައްކަން ޖެހޭ ފައިސާ ގެ އަދަދަށް ވުރެ މަދު ނޫން އަދަދަކަށް ދައްކާ ޚަލާސް ކުރުމަށް އާޒިމާގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.