އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު-
ހަބަރު
03 Jan 2024 | 13:37
އިންތިހާބުތަކުގައި ވާދަކުރައްވާ ބޭފުޅުން ސާބިތު ދަރަންޏެއް އޮތުމަކީ މައްސަލައެއް ނޫން: ހަބީބް

އިންތިހާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތުމަކީ މައްސަލައެއް ނޫންކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމައިލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް މިއަދު އެކްސްގައި ކުރެއްވި ވިދާޅުވީ ސާބިތު ދަރަންޏެއް އޮތަސް އިންތިހާބުތަކުުގައި ވާދަކުރެވޭނެ ކަމަށާއި ދަރަންޏެއް އޮތުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"މައްސަލައަކަށް ވާނީ، ސާބިތު ދަރަނީގެ ޙުކުމްގައި އޮންނަ މުއްދަތަށް، ޙުކުމާ އެއްގޮތަށް ފައިސާ ދައްކަވަމުން ނުގެންދަވާނަމަ." ހަބީބު ވިދާޅުވި އެވެ. 

ހަބީބް މިހެން ވިދާޅުވެފައި މިވަނީ، މާލެ ސިޓީ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި ލޯން ސްކީމަކަށް ފައިސާ ގަވާއިދުން ނުދައްކާ އޮތުމުން އެ ބޭންކުން އާޒިމާގެ މައްޗަށް ދައުވާ ކޮށް، އޭނާގެ މައްޗަށް ހަތަރު މިލިޔަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމްކުރުމާއި ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައި ވަނިކޮށެވެ. 

ސިވިލް ކޯޓުން މިފަދައިން ހުކުމް ކުރުމާއި ގުޅިގެން ޢާޒިމާ ވިދާޅުވީ، ލޯނު ގަވާއިދުން ދެއްކުމުގައި ކުރި އެރުމެއް ލިބިފައި ނުވަނީ އާޒިމާ އަކީ އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސައިގެން ދިރިއުޅޭ މަޔަކަށް ވެފައި ކޮވިޑް ގެ ހާލަތުގެ ސަބަބުން އާމްދަނީއެއް ހޯދުމަށް ކުރި ތަފާތު މަސައްކަތްތަކަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީ ކަމަށެވެ. އަދި މި ހުކުމް ކޮށްފައި މިވަނީ މި ލޯނު ދެއްކުމަށް ތާވަލެއް ރާވައި، ލޯނު ރީސްޓަރަކްޗާ ކުރުމުގެ މަޝްވަރާތައް ބޭންކާއި އެކު ކުރިއަށް ދަނިކޮށް ކަމަށެވެ.

އަދި އެ ހުކުމް އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މާލެ ސިޓީ މޭޔަރު ކަމުގެ މއިންތިހާބު އޮންނާނީ މިމަހު 13 ވަނަ ދުވަހުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ