ަ
ވިޔަފާރި
03 Jan 2024 | 20:03
އެމްއައިބީން މިހާރު އޮންލައިންކޮށް އެކައުންޓުން ހުޅުވައި، ކާޑުވެސް އެކްޓިވޭޓް ކޮށްލެވޭނެ!

މޯލްޑިވްސް އިސްލާމިކް ބޭންކުން މިހާރު އޮންލައިންކޮށް ކާޑު އެކްޓިވޭޓް ކޮށްލެވޭނެ އިންތިޒާމް އެ ބޭންކުން ހަމަޖައްސައިފިއެވެ. 

އެމްއައިބީން ބުނީ، އެ ބޭންކުގެ ކޮންމެ ބްރާންޗެއް ގަޔާއި ސޭލްސް ސެންޓަރެއްގައިވެސް ވަގުތުން ލިބެން ހުންނަ އިންސްޓެންޓް ކާޑް ކިޓުގައި އޮންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލައިގެން ކާޑް އެމީހެއްގެ އެކައުންޓަށް ފަސޭހަކަމާއިއެކު ލިންކް ކޮށްލެވޭނެ ކަމަށެވެ.

އަދި މި އިންސްޓެންޓް ކާޑް ކިޓް ބޭނުންކޮއްގެން އެކައުންޓެއް ނެތް ފަރާތްތަކަށްވެސް އެކައުންޓެއް ހުޅުވައި ކާޑުގެ ޚިދުމަތް ވަގުތުން ހޯދޭނެ ކަމަށް އެ ބޭންކުން މަޢުލޫމާތު ދެއެވެ.

މިއާއެކު ކަސްޓަމަރުންނަށް ކިއުގައި ނުޖެހި އެކައުންޓް ހުޅުވުމުގެ އެންމެހައި ކަމެއް ލުއިފަސޭހަކޮށް ވަގުތުން ލިބިގެންދާނެކަން އެ ބޭންކުން ފާހަގަކޮށްފައިވެއެވެ. 

އެމްއައިބީއިން ދަނީ ބޭންކިންގ ޚިދުމަތްތައް ޑިޖިޓަލްކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު އަވަސް ޚިދުމަތްތަކެއް ދޭން މަސަތްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އޮންލައިންކޮށް އެކައުންޓް ހުޅުވުމަށް އެޕްލައިނައު ޕޯޓަލްއާއި އުޖާލާ ފައިނޭންސިންގގެ ޚިދުމަތްތަކަށް އުޖާލާނައު ޕޯޓަލްވެސް ވަނީ ތަޢާރަފުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ