އައްޑޫ ރީޖަނަލް ޕޯޓް-- ފޮޓޯ: އެމްޕީއެލް
ހަބަރު
03 Jan 2024 | 23:36
ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި އައްޑޫ ޕޯޓުން ބަންކަރިންގެ ހިދުމަތް ދެނީ

ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އައްޑޫ ރީޖަނަލް ޕޯޓްގައި ބަންކަރިންގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއު އެއްގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ އައްޑޫ ޕޯޓް ބެލުމަށް ފަހުގައި މިހާރު ބަންކަރިންގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ބަންކަރިންގެ ހިދުމަތުގެ މާނައަކީ އެތަނަށަ އަންނަ ވެސެލްސް ތަކަށް ބޭނުންވާ ތެލާއި ފެނާއި މިހެން ގޮއްސަ ވަރަށް ގިނަ ކަންތައް ތަކެއް ހުންނާނެ. އެހެންވީމަ މިހާރު އަޅުގަނޑު ހަމަ ހާއްސަކޮށް އައްޑު އަތޮޅުގެ ރައްޔިތުނަށް އާންމުކޮށް އެރީޖަންގެ ރައްޔިތުންނަށް، ޔަގީންކަން ދެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން އައްޑޫ ޕޯޓުން ބަންކަރިންގެ ހިދުމަތް ދޭނަން. "

ވަޖީހު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޖީހު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ދޭން ފެށުމުން އެ ޕޯޓަށް ލިބޭ އާމްދަނީ އިތުރު ވެގެން ދާނެކަމަށެވެ. ނަތީޖާ އަކަށް ވެގެން ދާނީ އިތުރު މުއައްޒަފުން ވެއްދި، ރައްޔިތުނަށް ވަޒީފާ ލިބި، މިހާރު އައްޑޫ ޕޯޓުގައި ތިބި މުއައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ތަކެއް އައިސް ރައްޔިތުނަށް ފާގަތިކަން ލިބިގެން ދިއުން ކަމަށެވެ.

ވަޖީހު ވިދާޅުވީ އައްޑޫ ޕޯޓަކީ މިހާތަނަށް އެތަނަށް އަންނަންވާ ތަރައްގީ އާއި ލިބެންވާ ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތަށް ނުދެވި އޮތް ތަނެއް ނަމަވެސް މި ސަރުކާރުން މިހާރު އަމާޒު ހިފާފައި ހުރީ އައްޑޫ ޕޯޓްގެ ބޭނުން އެންމެ ރަނގަޅަށް ހިފޭ ގޮތަށް އެތަން ބައްޓަންކޮށް ހިދުމަތްތައް އިތުރުކުރުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.