ފައްޔާޒު އިސްމާޢިލް
ހަބަރު
04 Jan 2024 | 08:59
ފައްޔާޒު މަޖިލިސް އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފި

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަ ނުކުރައްވާނެކަމަށް އެމްޑީޕީގެ ޗެއާޕާޝަން އަދި ނިމިދިޔަ ރައީސް ޞާލިޙް ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުގެ ގޮތުގައި ފާހަގަ ކުރެވުނު ފައްޔާޒު އިސްމާޢިލް، ފަޔާ ވިދާޅުވެއްޖެއެވެ.

ފަޔާ މިފަދައިން ވިދާޅުވެފައިވަނީ ސަންގު ތީވީ ހަބަރައްފަހު ޕްރޮގްރާމް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވީ އެމްޑީޕީގެ ޗެއާޕާޝަން ކަމުގެ މަޤާމަކީ އެޕާރޓީގެ އެންމެ އިސްމަޤާމު ކަމަށްވެފައި އިދިކޮޅު ޕާރޓީއެއްގެ ގޮތުގައި އެޕާރޓީ ހިންގޭނީ ވަރަށް ވަގުތު ދީގެން ކަމަށް ވާތީ ކަމަށެވެ.

"އަސްލު އެމްޑީޕީގެ ޗެއާޕާޝަން ކަމުގެ މަޤާމަކީ ވަރަށް ޒިންމާދާރު މަޤާމެއް ، އެހެން ވަޒީފާއެއް ނުވަތަ އެހެން މަޤާމެއް އަދާކުރަމުން މިކަމެއް (ޗެއާރޕާޝަންކަމުގެ މަޤާމު) އަދައެއް ނުކުރެވޭނެ" 

މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވުމާއި ގުޅޭގޮތުން ކުރެވުނު ސުވާލުގެ ޖަވާބުގައި ފަޔާ ވިދާޅުވިއެވެ.

މަޖިލިހުގެ އިންތިހާބުގައި ފައްޔާޒު ވާދަނުކުރެވުމަށް ނިންމެވިއިރު އެޕާރޓީގެ އިސް ސަފުގައި ހަރަކާތްތެރިވެލައްވާ ގިނަބޭފުޅުންތަކެއް ވަނީ މަޖިލިސް އިންތިޙާބުގައި ވާދަކުރެއްވުމަށް ޕާރޓީގެޓިކެޓް ހޯއްދެވުމަށް ހުށައަޅުއްވާފައެވެ.

އޭގެތެރެއިން ބައެއް ބޭފުޅުންނަށް ވަނީ ޕަރައިމަރީއަކާ ނުލައި މިހާރު ޕާރޓީގެ ޓިކެޓުވެސް ލިބި ވަޑައިގަންނަވާފައެވެ. އޭގެ ތެރޭގައި ނިމިދިޔަ ސަރުކާރުގެ ފެނަކަ ކުންފުނީގެ އެމްޑީ އަހްމަދު ސައީދު މުހައްމަދާއި، ނިމިދިޔަ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މަޝަރޫޢުގައި އެންމެ ހަރަކާތްތެރިވެލެއްވި ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އަދި ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހިމެނި ލައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.