ކުޑަކުދިން ލައްވާ ހަށިވިއްކުވުމުގެ ތުހުމަތުގައި ހައްޔަރުކުރި ޖެފްރީ އެޕްސްޓައިން-- ފޮޓޯ: ޓައުން އެންޑް ކަންޓްރީ
ދުނިޔެ
04 Jan 2024 | 20:35
ކުޑަކުދިން ލައްވާ ހަށިވިއްކުވުމުގެ ތުހުމަތުގައި ހައްޔަރުކުރި އެޕްސްޓައިންގެ މައްސަލައިގެ ލިޔެކިޔުންތައް އާންމުކޮށްފި

ކުޑަކުދިން ލައްވާ ހަށިވިއްކުވުމުގެ ތުހުމަތުގައި ހައްޔަރުކުރި ޖެފްރީ އެޕްސްޓައިންގެ މައްސަލައިގެ ލިޔެކިޔުންތައް އާންމު ކޮށްފިއެވެ.

މި ލިޔެކިޔުންތަކުގައި މި މައްސަލައާއި ގުޅުން ހުރި މަޝްހޫރު އެތައް ފަރާތެއްގެ ނަންތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ ޕްރިންސް އެންޑްރޫ އާއި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި މައިކަލް ޖެކްސަން ގެ އިތުރުން ޑޭވިޑް ކޮޕާފީލްޑް އަދި ސްޓީވަން ހޯކިން ފަދަ މަތީ ފަންތީގެ މީހުންގެ ނަންތައް ހިމެނެ އެވެ.

ބުދަ ދުވަހު އާންމުކުރި ލިޔެކިޔުންތަކަކީ އެޕްސްޓައިންގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރެއިން އެކަކު ކަމަށްވާ ޖިއުފްރޭ 2015 ވަނަ އަހަރު މެކްސްވެލްއާ ދެކޮޅަށް ކުރި ދައުވާއެއްގެ ބައެކެވެ. އޭނާ އަކީ ފްލޮރިޑާ، ނިއުޔޯކް، އެމެރިކާގެ ވާޖިން އައިލެންޑްސް އަދި ނިއު މެކްސިކޯގެ ގެތަކުގައި އެޕްސްޓައިން އެމީހުންނަށް އަނިޔާކުރި ކަމަށް ބުނެ ދައުވާކުރި އަންހެނުންގެ ތެރެއިން އެކަކެވެ.

އެޕްސްޓައިންއަށް ކުޑަކުދިން ހޯދުމަށް އެހީތެރިވެދިން ކަމަށް ބުނެ ގިސްލޭން މެކްސްވެލްގެ މައްޗަށް ދައުވާ އުފުލައި، 2021 ވަނަ އަހަރު އޭނާގެ މައްޗަށް ކުށް ސާބިތުވެ މިހާރު ދަނީ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. 2017 ވަނަ އަހަރު އެ މައްސަލައިގެ ދައުވާ ކޮށް ނިމުނު ނަމަވެސް މިހާތަނަށް މައްސަލައާއި ގުޅުން ހުރި ނަންތައް އޮތީ ފޮރުވާފައެވެ.

މައްސަލަ ހުށައެޅި ޖިއުފްރޭ ބުނީ އުމުރުން އޭނާގެ 17 އަހަރު ފުރުނުއިރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މާ-އަ-ލަގޯ ކްލަބުގެ ސްޕާ އެޓެންޑެންޓެއްގެ ވަޒީފާއިން ވަކިކޮށް އެޕްސްޓައިން އަށް "މަސާޖުކޮށްދޭ" މީހަކަށް ވެގެން ދިޔަ ކަމަށެވެ. އެއީ ޖިންސީ އަމަލުތައް ހިންގުން ހިމެނޭ ވަޒީފާއެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޖިއުފްރޭ އިތުރަށް ބުނީ އެޕްސްޓައިން އާއި އިޖުތިމާއީ ގޮތުން ރަހުމަތްތެރި ފިރިހެނުންނާ ޖިންސީ ގުޅުން ހިންގުމަށް އޭނާއަށް ޕްރެޝަރު ކުރި ކަމަށާއި އެގޮތުން އެންމެ މަޝްހޫރު މީހެއްގެ ގޮތުގައި އޭނާއަށް ފާހަގަވީ އިނގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫ ކަމަށެވެ. ދަ ގާޑިއަން ރިޕޯޓް ކުރާ ގޮތުން ދައުވާ އުފުލޭ ހުރިހާ ފަރާތްތައްވެސް ވެސް ވަނީ ޖިއުފްރޭގެ ވާހަކަތައް ދޮގު ކޮށްފައެވެ.

ޕްރިންސް އެންޑްރޫއާ ދެކޮޅަށް ޖިއުފްރޭ ކުރި ދައުވާ 2022 ވަނަ އަހަރު ނިމުނުއިރު، ހަމަ އެ އަހަރު އެޕްސްޓައިންގެ ކުރީގެ ވަކީލު، ގާނޫނާއި ބެހޭ ޕްރޮފެސަރެއް ކަމުގައިވާ، އެލަން ޑެރޝޮވިޓްސްގެ މައްޗަށް ކުރި ތުހުމަތެއް ވެސް އަނބުރާ ގެންދިޔައީ، އޭނާ އަކީ ޖިންސީ ގޯނާ ކުރާ މީހެއްގެ ގޮތުގައި ޖިއުފްރޭ އަށް ދެކެވުނީ އޮޅުމަކުން ކަމަށް ބުނެ ކަމަށް ދަ ގާޑިއަން އިން ރިޕޯޓްކޮށްފައިވެއެވެ.

މި މައްސަލައިގައި އާންމު ކުރަންވީ ލިޔެކިޔުންތަކާއި މެދު ގޮތް ނިންމެވީ އެމެރިކާގެ ޑިސްޓްރިކްޓް ފަނޑިޔާރު ލޮރެޓާ އޭ ޕްރެސްކާ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، އޭނާ ނެރުނު އަމުރެއްގައި ބުނީ އެ ރެކޯޑްތައް އާންމު ކުރަނީ މައްސަލައާއި ގުޅޭ ގިނަ މައުލޫމާތުތަކެއް މިހާރު ވެސް އާންމުކޮށް ނެރެފައިވާތީ ކަމަށެވެ.

މައްސަލައާއި ބެހޭ ބައެއް ރެކޯޑްތަކުގެ އެއްބައި ނުވަތަ މުޅި ރެކޯޑް އެއްކޮށްވެސް ކޯޓު ގެ ޝަރީއަތުގައި އާންމުކޮށްފައިވާއިރު އެޕްސްޓައިންގެ މައްޗަށް ތުހުމަތުކުރި އެތައް ބައެއްގެ ނަމާއި އޭނާގެ ސްޓާފުންގެ ތެރެއިން ނޫސްތަކަށް އެމީހުންގެ ވާހަކަތައް ކިޔައިދިން މީހުންގެ ނަންތައް ވެސް އެ ރެކޯޑްތަކުގައި ހިމަނާފައިވެ އެވެ. އަދި މެކްސްވެލްގެ ޝަރީއަތުގައި ހެކިންގެ ގޮތުގައި މަސައްކަތްކުރި މީހުންގެ ނަންތަކާއި، ހެކިބަސް ދިނުމުގެ ތެރޭގައި ތުހުމަތު ނުކުރެވުނަސް ޝައްކުކުރެވުނު މީހުންނާއި، އެޕްސްޓައިން ގެ މައްސަލަ ތަހުގީގުކުރި މީހުންގެ ނަންތައް ވެސް މި ރިކޯޑް ތަކުގައި ހިމެނެއެވެ.

މި ރިކޯޑްތަކުގައި ހިމެނޭއެއް ނަމަކީ އެޕްސްޓައިންއާ ގާތް ގުޅުމެއް އޮންނަ ފްރާންސްގެ މޮޑެލިން އޭޖެންޓެއް ކަމަށްވާ ޖީން ލޫކް ބްރޫނެލްގެ ނަމެވެ. ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތުގައި އޭނާ 2022 ވަނަ އަހަރު މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް ޕެރިހުގެ ޖަލުގައި ވަނީ އަމިއްލައަށް މަރުވެފައެވެ.

ކޯޓު ފައިލްގައި ކްލިންޓަން އާއި ޓްރަމްޕްގެ ނަންތައް ހުރީ ބައެއް ގޮތްގޮތުން ޖިއުފްރޭ،  އެޕްސްޓައިން އާއި އެކު ހޭދަކުރި ދުވަސްތަކާ ބެހޭ ގޮތުން ނޫސްތަކުގައި ލިޔެފައިވާ ވާހަކަތަކުގައި ހުރި ތެދު ނޫން ކަންތައްތަކާ މެދު މެކްސްވެލްގެ ވަކީލުން ސުވާލު ކުރުމުން ކަމަށް ދަ ގާޑިއަން އިން ރިޕޯޓްކޮށްފައިވެ އެވެ. ދަ ގާޑިއަން އިން ބުނާ ގޮތުގައި އޭނާ ވަނީ ކްލިންޓަންއާ އެކު ހެލިކޮޕްޓަރުގައި ދަތުރުކުރަމުން ދިޔަ ވަގުތެއްގައި ޓްރަމްޕާ "ފްލާޓް" ކުރި ކަމަށްވެސް ބުނެފަ އެވެ. އެހެންނަމަވެސް ޖިއުފްރޭ ބުނީ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށާއި އެމެރިކާގެ ކުރީގެ ދެ ރައީސް ވެސް އޭނާއަށް ގޯސް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ.

މައްސަލަ އާއި ގުޅޭ ގިނަ ބައެއްގެ ނަންތައް ހާމަ ކުރިކަމުގައި އެޕްސްޓައިންގެ ޝިކާރަ އަކަށް ވެފައިވާ ގިނަ ބައެއްގެ ނަންތައް ލިޔެކިޔުންތަކުގައި ފޮރުވިފައި ހުންނަން ޖެހޭ ކަމަށް ވެސް މައްސަލަ ބެލި ފަނޑިޔާރު ވަނީ ނިންމާފައެވެ. އެފަދައިން ނިންމާފައިވަނީ މައްސަލައިގެ ބާވަތުގެ ގޮތުންނެވެ.

ކުޑަކުދިން ލައްވާ ހަށިވިއްކުވުމުގެ ތުހުމަތުގައި އެޕްސްޓައިންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުއެވެ. އެޕްސްޓައިން މަރުވީ ޝަރީއަތް ކުރިއަށް ދަނިކޮށް ޖަލުގައި އަމިއްލައަށް މަރުވެގެންނެވެ. އެހެންނަމަވެސް މެކްސްވެލްގެ މައްޗަށް  ކުރި ދައުވާ  2021 ވަނަ އަހަރު ވަނަ އަހަރު އޭނާގެ މައްޗަށް ސާބިތުވެ ދަނީ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.