އާޒިމާ ޝަކޫރު-- ފޮޓޯ: ދެން
ހަބަރު
05 Jan 2024 | 08:57
ދައުލަތުގެ ސިވިލް ޑިފެންސް މުއައްސަސާއެއް ގާއިމު ކުރާނަން: އާޒިމާ

މާލެ ސިޓީގެ މޭޔަރު ކަމަށް ހޮވިއްޖެ ނަމަ ދައުލަތުގެ ސިވިލް ޑިފެންސް މުއައްސަސާއެއް ގާއިމު ކުރައްވާނެ ކަމަށް ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަަމަށް ކުރިމަތި ލައްވާފައިވާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ މިރޭ އޮތް ސަންގު ޓީވީ ގެ މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ މެދުގައި ކުރިއަށް ދިޔަ ބަހުސްގައެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވިއްޔާ ސިވިލް ޑިފެންސަކީ ދިވެހި ރާއްޖޭގައި އޮންނަން ޖެހޭނެ ކަމެއް. ދިވެހި ރާއްޖޭގައި އަލިފާން ރޯވީމާ ވަކި ނަންބަރަކަށް ގުޅާފައި، އެންބިއުލަންސް އަށް ބޭނުންވީމަ ވަކި ނަންބަރަކަށް ގުޅާފައި، އެއަށް ވުރެ އަޅުގަނޑުމެން ތަހުޒީބު ވާންޖެހޭ. "

އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އިންޑަސްޓްރިއަލް ޒޯން ނިންމާ، މާލެ ޒޯން ކޮށްފައި މާލޭގެ މީހުން ދިރިއުޅޭ ހިސާބު ތަކުން ގުދަން ތަކާއި ގަރާޖުތައް ނެރެން ޖެހޭކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ރައްކާތެރިކަމުގެ އިންސްޕެކްޓަރޭޓެއް ގާއިމު ކުރައްވާނެ ކަމަށާއި އެ އިންސްޕެކްޓަރޭޓުގެ ބޭނުމަކީ މާލޭގެ ރައްޔިތުން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން، ހާއްސަގޮތެއްގައި އިމާރާތުގެ ރައްކާތެރި ކަމާއި އަލިފާނުގެ ރައްކާތެރިކަން ޔަގީން ކުރެވޭނެ އުސޫލު ތަކެއް ގާއިމު ކުރުން ކަމަށްވެސް އާޒިމާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް އެކަމަނާ ވިދާޅުވީ  ސިވިލް ޑިފެންސް ގާއިމު ކުރާނީ ސަރުކާރުގެ މުއައްސަސާއެއްގެ ގޮތުގައި ކަމަށާއި އޭގެ ދަށަށް އެންބިއުލާންސް އާއި ފަޔަރ އާއި ދެން ހުރި އެމަޖެންސީ ހިދުމަތްތައް ވަދެެގެންދާނެ ކަމަށެވެ. އަދި ތަހުޒީބު މުޖުތަމައު އެއްގައި މީހުން ދިރިއުޅޭ ގޮތުގެ އާދަކާދަ ތައް ދިވެހިންނަށް ގެނެސްދެއްވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.